ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވީއައިއޭގައި ޚިދުމަތް ފޯރުކޮށްދޭ މީހުންނަށް ރައީސްގެ ޝުކުރު

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ޙަރަކާތްތެރިވަމުންދާ މުވައްޒަފުންގެ ބުރަ އަދި އަގުހުރި މަސައްކަތްތައް ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ)އަށް ޒިޔާރަތްކުރައްވައި، އެ ތަނުގައި މަސައްކަތްކުރައްވާ އެކި މުވައްސަސާތަކުގެ މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ވެސް މިދިޔަ އަހަރު އެއަރޕޯޓުން ފަސިންޖަރުންނަށް ޚިދުމަތްދިނުމުގެ ސްޕީޑް ވަނީ އޭގެ ކުރީ އަހަރަށްވުރެ ބޮޑުތަނުން ހަލުވިކޮށްފައެވެ. އަދި މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މިއަހަރުގެ ފުރަތަމަ މަހުގެ ނިޔަލަށް ޕީކް ސީޒަންގައި ފްލައިޓްތަކުގެ ހަރަކާތްތައް ވެސް ވަނީ ރެކޯޑް ޢަދަދަކަށް އިތުރުވެފައެވެ.

ވީ.އައި.އޭ.އަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޒިޔާރަތުގައި އެ މަނިކުފާނު ވަނީ އެއަރޕޯޓުގެ އެރައިވަލް ޓަރމިނަލްއާ ޓަރމިނަލްގެ ބެގޭޖް ކްލެއިމް އޭރިޔާއަށް ވަޑައިގަންނަވާ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)އާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، އަދި މޯލްޑިވްސް އިމިގްރޭޝަންގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާފައެވެ. އަދި، އެ ބޭފުޅުންނާ ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވަނީ، ކޯވިޑްގެ ހާލަތުގައި އެ މުވައްސަސާތަކުގެ މުވައްޒަފުންގެ ފަރާތުން ފެނިގެންދިޔަ ޚިދުމަތްތެރިކަން ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: