ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިން ސްކޫލަކުން ކޮވިޑުގެ ކޭސްތަކެއް، ކޮންޓެކްޓް ޓްރޭސިން ކުރިޔަށް!

ކޮވިޑުގެ އާއްމު ހާލަތާއި އެކު، ގައިޑްލައިންތަކަށް އިސްކަން ދީގެން ސްކޫލުތަކުގެ ކިޔެވުންތައް ވަނީ ފަށާފައި/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ބިލަބޮންގ އިންޓަނޭޝަނަލް ހައި ސްކޫލުގައި ކޮވިޑު-19 އަށް ޕޮޒިޓިވްވި އެއް އާއިލާއެއްގެ ހަތަރު ކުދިން މިދިޔަ ދުވަސްތަކުގައި ސްލޫލަށް ހާޒިރުވެފައި ނުވާކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ހާމަކޮށްފިއެވެ.

ބައެއް ސްކޫލުތަކުގެ ދަރިވަރުން ކޮވިޑަށް ޕޮޒިޓިވްވެ، ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ. އެޗްއީއޯސީއިން މިއަދު މީޑިއާތަކަށް ބުނީ ގާޒީ ސްކޫލުގެ ގްރޭޑު އެކެއްގައި ކިޔަވަމުންދާ ދަރިވަރަކު ކޮވިޑަށް ޕޮޒިޓިވްވެ، އެ ކުއްޖާގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު 12 ޓީޗަރަކު އައިސޮލޭޓުކޮށްފައި ވާ ކަމަށެވެ. އަދި ޓީޗަރާއި ކޮންޓެކްޓުވި ހަތަރު ދަރިވަރަކު ވެސް ބައްޔަށް ޓެސްޓު ކުރުމުގެ މަސައްކަތް އެޗްއީއޯސީން ދަނީ ކުރަމުންނެވެ.

ޖަމާލުއްދީން ސްކޫލުން ގްރޭޑު ނުވައެއްގެ ދަރިވަރަކު ކޮވިޑަށް ޕޮޒިޓިވްވީއިރު، އެ ކުއްޖާގެ ކޮންޓެކްޓުންގެ ގޮތުގައި ހަތަރު ދަރިވަރެއް ފާހަގަކުރެވިފައިވާ ކަމަށް އެޗްއީއޯސީން ބުނެއެވެ.

މީގެ އިތުރުން ބިލަބޮންގެ ހަތަރު ދަރިވަރެއް ކޮވިޑަށް ޕޮޒިޓިވް ވި ކަމަށް ދެކެވެމުންދާ ވާހަކަތަކަށް ބަޔާނެއް ނެރެ، އެ ސްކޫލު ހިންގަމުން އަންނަ އައިލެންޑާސް ގްރޫޕުން ބުނީ އެ ދަރިވަރުންނަށް ބަލި ޖެހުނީ ސްކޫލު ތެރެއިން ނޫން ކަމަށެވެ.

އައިލެންޑާސްއިން ބުނެފައި ވަނީ ކޮންމެ ދެ ސެޝަނެއް ދެމެދު މޭޒާއި ގޮނޑިތައް ވެސް ޑިސްއިންފެކްޓުކޮށް، އާއްމުކޮށް އަތްލެވޭ ތަންތަން ކޮންމެ ދުވަހަކު އެކި ފަހަރު މަތިން ސާފު ކަމަށާއި، ސްކޫލްގައި ދަރިވަރުންނާއި މުވައްޒަފުން ހުރިހާ ވަގުތެއްގައި ވެސް އުޅެނީ މާސްކް އަޅައިގެން ކަމަށެވެ. އަދި ކްލާސްރޫމުގައި ކިޔަވައި ދެނީ ގައި ދުރުކަމަށް ސަމާލުކަން ދީގެން ކަމަށް އެ ބަޔާނުގައި ވެއެވެ.

ކުދިން ސްކޫލަށް ދިޔަކަމަށް ދެކެވޭ ވާހަކަ ދޮގުކޮށް، އެޗްއީއޯސީން ބުނީ އެ ކުދިންގެ ޓްރޭސިން މުއްދަތުގައި ސްކޫލަށް ގޮސްފައި ނުވާ ކަމަށެވެ. އެހެންވެ ޓީޗަރުންނާއި އިތުރު އެހެން ދަރިވަރަކު ކަރަންޓީނަށް ގެންގޮސްފައި ނުވާ ކަމަށް މައުލޫމާތު ދިނެވެ.

ސްކޫލުތަކުން ކޮވިޑަށް ޕޮޒިޓިވްވާ ދަރިވަރުން އިތުރުވެފައިވާތީ، އެކަމާއި ގުޅިގެން އިތުރު އެސްއޯޕީއެއް އެޑިއުކޭޝަނުން އާއްމުކޮށްފައި ނުވެއެވެ. އެޑިއުކޭޝަނުން ބުނެފައިވަނީ، ސްކޫލުތަކުން އަމަލު ކުރަން ޖެހޭނީ މިނިސްޓްރީއިން މީގެ ކުރިން ވެސް އިޝޫކޮށްފައިވާ ގައިޑްލައިނަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: