ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބާ ގުޅޭ އިސްލާހުގެ ބަހުސް މިއަދު ފަށަނީ

ރައްޔިތުންގެ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ކައުންސިލް އިންތިޚާބު އަވަހަށް ބޭއްވުމަށްޓަކައި އިންތިޚާބާ ބެހޭ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސް މިރޭ ކުރިއަށް ގެންދަން ނިންމައިފިއެވެ.

އެގޮތުން މި އިސްލާހުގެ ބިލުގެ ފުރަތަމަ ކިޔުން މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ އިއްވާފައެވެ. މިއަދު ހެނދުނު 11:00 ގައި ބާއްވާ މަޖިލީހުގެ ޖަލްސާގައި މި އިސްލާހަށް ބަހުސް ކުރުމުގެ ފުރުސަތު ހުޅުވާލަން ވަނީ ނިންމާފައެވެ.

އިންތިހާބާ ބެހޭ ހާއްސަ ގާނޫނަށް މި އިސްލާހު ހުށަހަޅުއްވާފައިވަނީ ސަރުކާރުގެ ފަރާތުން ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ކައުންސިލް އިންތިޚާބު ބޭއްވުމަށެވެ. ނަމަވެސް ކޮވިޑާ ގުޅިގެން އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން އެ އިންތިހާބު ވަނީ މިއަހަރަށް ފަސްކޮށްފަ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: