ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުޅި ރާއްޖެ ކުރިއަށް އޮތް 3 އަހަރު ތެރޭ ފެރީ ނިޒާމުން ގުޅާލެވޭނެ: އަސްލަމް

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް 3 އަހަރު ތެރޭ އިންޓަގްރޭޓެޑް ފެރީގެ ނިޒާމަކުން މުޅި ރާއްޖެ ގުޅާލެވޭނެކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ހައުސިން،ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ އަހުމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މުޅި ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް އެމްޓީޓީސީސީއާއެކު އެއްބަސްވުމެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައެެވެ. މިނިސްޓަރ ވިދާޅުވީ 6 ޒޯނަކަށް ބަހާލައިގެން ހައި ސްޕީޑް ފެރީ ނިޒާމް ގާއިމްކުރުމަށް މަސައްކަތްކުރަމުންދާއިރު، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފުރަތަމަ ޒޯންގައި ފެރީގެ ހިދުމަތް ގާއިމްކުރެވިގެން ދާނެ ކަމަށެވެ.

ފުރަތަމަ ޒޯންގައި ހިމެނެނީ ހއ، ހދ އަދި ށ އަތޮޅެވެ. މިތިން އަތޮޅުގައި ހައި ސްޕީޑް ފެރީގެ ނިޒާމް ގާއިމްކުރެވިގެންދިޔުމާއެކު ބާކީ ހުރި ޒޯންތަކުގައި ޚިދުމަތް ދިނުމަށް ތައްޔާރުވާން ފަށާނެކަމަށް ވިދާޅުވިއެވެ. އެގޮތުން އަންނަ އަހަރު ތެރޭ ބާކީ ހުރި ޒޯންތަކުގައި ފެރިގެ ހިދުމަތް ގާއިމްކުރުމަށް މަސައްކަތެ ފެށިގެންދާނެކަމަަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

ހިސާބުތައް ޖަހާފައިވާނީ ކޮންމެ އާބާދީއެއްގެ ވެސް އެއް ޕަސެންޓް މީހުން ދަތުރުކުރާނެކަމަށް ބަލައިގެން މިފަށަނީ. ދަތުރުފަތުރު ކުރަން ފެށީމަ، މިއަށް ބަރޯސާވާނެ. އެއާއެކު ދަތުރުކުރާ މީހުންގެ އަދަދު އިތުރުވާނެ.

މިނިސްޓަރ ވިދާޅުވީ، ފެރީގެ ނިޒާމް ދިގު މުއްދަތަކަށް ދެމިގެންދާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. ފުރަތަަމަ ހަމަސް ދުވަހުގެ ތެރޭގައި ޒޯން އެކެއްގައި ހިދުމަތް ދޭއިރު މިނިޒާމަަށް ގެންނަން ޖެހޭ ބަދަލުތައް ދެނެގަނެވޭނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން ޓްރެފިކަށް ގެންނަން ޖެހޭ ބަދަލުތަކާއި، ޝެޑިއުލްތަކާއި ރޫޓްތަކަށް ގެންނަން ޖެހޭ ބަދަލުތައް ދެނެގަނެވޭނެކަމަށް ވިދާޅުވިއެވެ.

މިހާރު ފަރުމާކޮށްފައިވާ ރޫޓްތަކާއި ޝެޑިއުލްތަކަކީ މިހާރު ލިބިހުރި މައުލޫމާތުތަކާއި ތަޖުރިބާއަށް ބެލުމަށްފަހު ފަރުމާކޮށްފައިވާ ކަންކަން ކަމަށާއި އެހެންނަމަވެސް، މިހާ ފުޅާ ދާއިރާއެއްގައި ފެރީގެ ނިޒާމް ގާއިމްކުރެވިފައި ނުވާތީ ބައެއް ބަދަލުތައް ގެންނަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ފުަރަތަމަ ޒޯންގައި މިމަސައްކަތް ފެށުމަށް157 މިލިއަން ވަނީ ބަޖެޓް ކުރެވިފައި. އަދި މުޅި ރާއްޖެއަށް މިޚިދުމަތް ރޯލް އައުޓް ކުރުމަށް860 މިލިއަން ރުފިޔާ ހޭދަވާނެކަމަށް ބެލެވޭ

އިންޓަގެރޭޓޭޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކްގެ ދަށުން ހަ ފެރީ ޒޯންއެއް ގާއިމްކުރެވޭއިރު، ކޮންމެ ޒޯނެއްގައި ޖުމްލަ ތިން ފެރީ ރޫޓް އޮންނާނެ ކަމަށް މައުލޫމާތުދެއެވެ. އެތިން ފެރީ ރޫޓަކީ ކޮމިޔުޓަރ ލިންކް، ނޮން ކޮމިޔުޓަރ ލިންކް އަދި ހައިވޭ ލިންކް އެވެ. ކޮމިޔުޓަރ ލިންކްގައި ހިމެނެނީ ކައިރީގައިވާ ރަށްތަކަށް ކުރާ ދަތުރުތަކެެވެ. ނޮން ކޮމިޔުޓަރ ލިންކްއަކީ ދުރުގައިވާ ރަށްތަކަށް ޚާއްސަ ބޭނުންތަކަށް ދަތުރުކުރުމަށް ބޭނުންކުރާނެ ރޫޓެވެ، އަދި ހައިވޭ ލިންކްއަކީ އެއް ޒޯނުން އަނެއް ޒޯނަށް ކުރާ ދަތުރުތަކެވެ.

މިމަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްދާއިރު، މަޝްރޫއުގެ ތެރޭގައި ފެރީ ޓާމިނަލް ގާއިމްކުރުމާއި އެހެނިހެން ވަސީލަތްތައް ފޯރުކޮށްދިނުން ހިމެނޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: