ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަމައެކަނި ޤާނޫނީގޮތުން ހުރި ހުރަސްތައް ނައްތާލުމަކުން އިންތިހާބު ނުބޭއްވޭނެ: އަލީ ނިޔާޒް

މެމްބަރު ނިޔާޒް މަޖިލީހުގައި ވާހަކަދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޤާނޫނީގޮތުން ހުރި ހުރަސްތައް ހަމައެކަނި ނައްތާލުމަކުން ކައުންސިލް އިންތިހާބު ބޭއްވޭނެ ހުރިހާ ގޮތެއް ހަމަވީ ނޫންކަމަށާއި މިކަމުގައި އެހެން ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ބޭނުންވާނެ ކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރަމުން އަލީ ނިޔާޒް ވިދާޅުވީ ބިލު މިހާރު ގެނެސްފައިހުރި ބަދަލުތަކާއި އެކު ފާސް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މި ބިލު ފާސްކުރުމުން އިންތިހާބު ބޭއްވުމަށް ގާނޫނީ ގޮތުން އޮތް ހުރިހާ ހުރަސްތަކެއް ނެތިގެންދާނެ ކަމަށް ވިދާޅުވި އެވެ.

“އަދި އިރުޝާދު ކޮންމެ ގޮތަކަސް އައި ނަމަވެސް އަޅުގަނޑުމެންވެސް ޕާޓީތަކުންވެސް އަދި ރައްޔިތުންވެސް ޤަބޫލުކުރަންޖެހޭ އެއްކަމެއް އެބައޮވޭ. އާންމު ހާލަތެއްގައި އިންތިހާބެއް ބޭވޭނެފަދަ ގޮތަކަށް ނޫންކަން ގައިޑްލައިން އޮންނާނީ. މިސާލަކަށް ކެމްޕެއިން ކުރުމުގައި ވެސް ބައެއް ހުރަސްތައް ހުރެދާނެ. އަދި ވޯޓްލާ ދުވަހުގެ އިންތިޒާމް ތަކުގައި ވެސް ބައެއް ހުރަސްތައް ހުރެދާނެ. އެހެންނަމަވެސް އެއީކީ އިންތިހާބު ނުބޭއްވޭނެފަދަ ކަމެއްގޮތުގައި ދެކިގެން އިލެކްޝަންސް ކޮމިޝަނުންވެސް މާނަކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން.” އަލީ ނިޔާޒް ވިދާޅުވި އެވެ.

ނިޔާޒް ވިދާޅުވީ އީސީން މި ހާލަތުގައި ކަންކަން ކުރަންވާނީ މިހާލަތާއި ގުޅުވައިގެން އެންމެ އިންސާފުވެރިކަމާއި އެކު އިންތިހާބު ބޭއްވުމަށް ކަމަށެވެ. އަދި މިއީ ޕެންޑެމިކްގެ ހާލަތެއްކަން އިނގެންވާނެ ކަމަށާއި، ގައިޑްލައިނެއް އައިނަމަވެސް ހުންނާނީ އެ ހާލަތާއި ގުޅޭގޮތަށް ކަމަށް ވިދާޅުވި އެވެ. އަދި ޕެންޑެމިކާއި ގުޅިގެން އަޅާ ފިޔަވަޅުތަކަކީ އިންތިހާބަށް ހުރަސްއެޅޭ ކަންތައްތަކުގެ ގޮތުގައި އީސީން މާނަކުރާނަމަ އިންތިހާބު ނުބޭއްވޭނެ ކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: