ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19: ސިއްހީ އަދި އިޖްތިމާއީ ކަންކަމަށް ހުުސްވި ހަފްތާގައި 1.5 ބިލިއަން ރުފިޔާ

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޝަރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އާއި ގުޅިގެން ކުރާ ޚަރަދުތަކުގެ ތެރެއިން ހުސްވި ހަފްތާގައި ސިއްހީ އަދި އިޖްތިމާއީ ކަންކަމަށް 1.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީއިން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަދަދަކީ ޖެނުއަރީ މަހުގެ ފުރަތަމަ ހަފްތާއާއި އަޅާބަލާއިރު 3.8 އިންސައްތަ އިތުރު އަދަދެކެވެ. އަދި ޖެނުއަރީ މަހުގެ ދެވަނަ ހަފްތާގައި ކުރެވުނު ޚަރަދުތަކުގެ ތެރެއިން 43.2 އިންސައްތައަކީ ކޮމިޓެޑް ހަރަދު ނުވަތަ ކޮންމެހެން ކުރަންޖެހޭ ހަރަދުގެ ގޮތުގައި ފިނޭންސް މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ.

ފާއިތުވި ހަފްތާގައި އެންމެ ގިނައިން ޚަރަދުކޮށްފައިވާ ދެމުއައްސަސާގެ ގޮތުގައި ފާހަގަކޮށްފައިވަނީ މިނިސްޓްރީ އޮފް ހެލްތާއި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއެވެ. މިދެމުއައްސަސާ ފާހަގަކުރެވިފައިވަނީ ސިއްހީ އަދި އިޖްތިމާއީ ކަންކަމަށް އެންމެ ގިނައިން ޚަރަދުކުރި ދެމުއައްސަސާގެ ގޮތުގައެވެ. ހެލްތު މިނިސްޓްރީއިން ހުސްވި ހަފްތާގައި 32.9 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއިން ވަނީ 21.2 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. ހެލްތު މިނިސްޓްރީއިން އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ މިނިސްޓްރީއިން ފޯރުކޮށްދޭ އެކި ހިދުމަތްތަކާއި ސާމާނު ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމަށެވެ. އަދި ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއިން އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ އިންކަމް ސަޕޯޓް އެލަވަންސް އެލަވަންސް ޕޭމަންޓްތަކަށްކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މީގެ އިތުރަށް، މިމުއްދަތުގެ ތެރޭގައި އިންކަމް ސަޕޯޓް އެލަވަންސް ޕޭމަންޓްތަކަށްވެސް ޖުމްލަ 15 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ޖުމްލަކޮށް ބަލާއިރު، ކޮވިޑާއި ގުޅިގެން ކުރި ޚަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ޚަރަދެއްކޮށްފައިވަނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއިންނެވެ. އެއޮތޯރިޓީއިން ކޮވިޑަށް ކުރި ހަރަދުގެ ގޮތުގައި 868 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެންޑީއެމްއޭގެ އިތުރުން ދެން އެންމެ ގިނައިން ޚަރަދުކޮށްފައިވަނީ ހެލްތު މިނިސްޓްރީއިންނާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުންނެވެ.

ކޮވިޑާއި ގުޅިގެން އިއުލާންކޮށްފައިވާ އިކޮނޮމިކް ރެސްޕޮންސް ޕެކޭޖްގެ ދަށުން ޖުމްލަ 1.5 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ރިކަވަރީ ލޯން ސްކީމަށް ދޫކޮށްފައިވާ 1.2 ބިލިއަން ރުފިޔާ، އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ދޫކޮށްފައިވާ 227.4 މިލިއަން ރުފިޔާ އަދި ކަރަންޓު ބިލުތަކަށް ޑިސްކައުންޓްގެ ގޮތުގައި 117.7މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށްވެސް ތަފާސްހިސާބުތަކުން ދައްކައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: