ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދު މި ފެންނަނީ ޔާމީންގެ ގުރުބާނީ ބޮލާލާއި ޖަހައި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ނިގުޅައިގަތުމަށް މަސައްކަތް ކުރަމުންދާ މަންޒަރު: އަދުރޭ

އަބްދުއްރަހީމް އަބްދުﷲ  (އަދުރޭ)
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު މި ފެންނަނީ ޔާމީންގެ ގުރުބާނީ ބޮލާލާއި ޖަހައި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ނިގުޅައިގަތުމަށް މަސައްކަތް ކުރަމުންދާ މަންޒަރު ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ(އަދުރޭ) ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ރަށު ބަންދުގައި ތިއްބެވި ތ.ގުރައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ މިޤައުމުގެ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލަށްޓަކައި އެންމެ މަތިވެރި ޤުރުބާނީއެއް ފަހުގެ ތާރީހެއްގައި ވެވަޑައިގެންފައިވާ ހަމައެކަނި ވެރިޔަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންކަމަށެވެ. އެމަނިކުފާނު މިޤައުމުގެ މިނިވަންކަމަށްޓަކައި ކުރެއްވި މަސައްކަތްތަކީ މިޤައުމުގެ ފަސްގަނޑުން ތާއަބަދަށް ފެންނަން ހުންނާނެ ކަންތައްތަކެއް ކަމަށް އަދުރޭ ވިދާޅުވިއެވެ.

“މިއަދު ފެނިގެން މިދަނީ އަނެއްކާވެސް އެ ޤުރުބާނީތައް ބޮލާލާއި ޖަހައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ނިގުޅައިގަތުމަށް މަސައްކަތް ކުރަމުންދާ މަންޒަރު. ރައީސް ޔާމީން ނުހައްގުން ޖަލުގައި ބާއްވައިގެން މިކަން ކުރުމަކީ މިސަރުކާރަށް އެންމެ ފަސޭހައިން މިކަން ކުރެވެން އޮތް ގޮތް. ސަރުކާރުން ރައީސް ޔާމީން ޖަލަށްލާ ބައިތިއްބައިގެން މިކަން ކުރެވިދާނެކަމަށް ހީކުރުމަކީ ކުށް ހީއެއް.” އަދުރޭ ވިދާޅުވިއެވެ.

އާދުރޭ ވިދާޅުވީ ރައީސް ޔާމީން ޖަލުގައި މިހާތަނަށް ހޭދަކުރެއްވި ދުވަސްތަކުގައި އެމަނިކުފާނާއި 6 ފަހަރަކު ދިމާ ވުމުގެ ނަސީބު ލިބުނު ކަމަށެވެ. އެމަނިކުފާނާއި ބައްދަލުވި ކޮންމެ ފަހަރަކުވެސް، އަބަދުވެސް އެންމެބޮޑު އިސްކަމެއް ދެއްވަނީ ޤައުމުގެ ހާލަތާއި ގުޅޭގޮތުން ކަންކަން އޮޅުން ފިލުވުމަށް ކަމަށެވެ. އަދި ޤައުމުގެ ހައްގުގައި ކުރާ މަަސައްކަތުގައި ކިތަންމެ އަނިޔާއެއް ދިނަސް ފަސްނުޖެހުމަށް އެދިވަޑައިގެންފައިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: