ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ އަކީ ރާއްޖެއަށް އެންމެ ފުރަތަމަ އެހީވެދޭ ބަރޯސާވެވޭނެ އެކުވެރިއެއް: ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ އަކީ ދިވެހިރާއްޖެއަށް އެންމެ ފުރަތަމަވެސް އެހީވާ ޤައުމު ކަމަށާއި އެއީ ބަރޯސާވެވޭނެ އެކުވެރިއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާގެ އެހީއާއެކު ރާއްޖެއަށް ފޯރުކޮށްދެނީ އޮކްސްފޯޑް އެސްޓްރަޒެނެކާގެ ވެކްސިން ކަމަށެވެ. އަދި މިއީ ރާއްޖެ މި ވައިރަހުގެ ބިރުވެރިކަމުން ސަލާމަތްވުމުގެ މަރުހަލާގެ ފެށުން ކަމަށްވެސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރާއްޖެއަށް ދިމާވި ކޮންމެފަދަ ހާދިސާއެއްގައި ވެސް އެންމެ އަވަހަށް އެހީތެރިކަން ފޯރުކޮށްދީފައިވާ އެންމެ ގާތް އަދި ބަރޯސާވެވޭނެ ގައުމަކަށް އޮތީ އިންޑިއާ ކަމަށެވެ. އެގޮތުން ސުނާމީ ކާރިސާއަށް ބެލިޔަސް، 1988 ވަނަ އަހަރު ގެންނަން އުޅުނު ބަޣާވާތް ހުޓުވުމަށް ބެލިޔަސް، ނުވަތަ މާލެފެނައް ޖެހުމުގެ ހާދިސާ އާއި ކޮރޯނާއިން ސަލާމަތްވުމުގައިވެސް އެންމެ ފުރަތަމަ އެހީތެރިކަން ދީފައިމިވަނީ އިންޑިއާއިން ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެޗްޕީއޭއިން ބުނީ އިންޑިއާއިން ރާއްޖެއަށް ދެނީ ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ ޑަބްލިއުއެޗްއޯގެ ހުއްދަ އޮންނަ ވެކްސިނެއް ކަމަށާއި، ވެކްސިން ބޭނުންކުރާނީ އެ ޖެހުމުން އަންނަ ސައިޑް އިފެކްޓްތަކަށް ރަނގަޅަށް ބެލުމަށްފަހުކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: