ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާޓީތަކުން ގޮތްދޫކޮށް ޖޫންމަހަށް އިންތިޚާބު ފަސްކުރުމަށް އީސީއިން އެދެފި

މިއަދު އޮތް އެޑްވައިޒަރީ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ޕާޓީތަކުން ގޮތްދޫކޮށް، ޖޫންމަހުގެ ނިޔަލަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު ޖޫންމަހުގެ ނިޔަލަށް ފަސް ކުރުމަށް ޕާޓީތަކުން އެއްބަސްވުމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވާ ޑްރާފްޓް ގައިޑްލައިނާއި ގުޅޭގޮތުން އެޑްވައިޒަރީ ކޮމެޓީއާއި މަޝްވަރާކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ސިޔާސީ ޕާޓީތަކުންނާއި މިނިވަން މުއައްސަސާތަކުން އަދި ކަމާއި ގުޅުން ހުރި އެހެނިހެން އިދާރާތަކުން ވަނީ ޑްރާފްޓް ގައިޑްލައިންގައިވާ ކަންކަމަށް ފާޑުވިދާޅުވެފައެވެ. އަދި ގައިޑްލައިންގައި ހުރި ކަންކަމުގެ ތެރެއިން އިސްލާހުކުރުމަށް ނުވަތަ ސިޔާސީ ޕާޓީތަކަށާއި މިނިވަން މުއައްސަސާތަކަށް ގަބޫލުނުކުރެވޭ ކަންކަމަށް ވަނީ އިޝާރާތްކޮށްފައެވެ.

ސިޔާސީ ޕާޓީތަކުގެ ތެރެއިން ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއާއި، ވާދަވެރި ސިޔާސީ ޕާޓީތައް ކަމަށްވާ ޕީޕީއެމް-ޕީއެންސީއިންވެސް ވަނީ ބައެއް ކަންކަމަށް އެއްބަސްވެފައެވެ. އެގޮތުން ދޮރުން ދޮރަށް ހިންގާ ކެމްޕެއިންތަކަށް ފަހި ފުރުސަތުތަކެއް އޮންނަންވާނެކަމަށް އެމްޑީޕީއިންވެސް އިދިކޮޅު ކޯލިޝަނުންވެސް ވަނީ އެއްބަސްވެފައެވެ. އެގޮތުން ގެތަކަށް ވަނުމުގައި ރައްކާތެރި ފިޔަވަޅުތައް އަޅައިގެން، މީހުންގެ ހުއްދައާއިއެކު ގެތަކަށް ވަނުމަކީ މައްސަލައަކަށް ވެގެން ނުވާނެ ކަމަށް ގަބޫލު ކުރާ ކަމަށް އިދިކޮޅުންވެސް އެމްޑީޕީއިންވެސް ބުނެއެވެ. އަދި އޭޕްރިލް މަހުގެ ތިންވަނަ ދުވަހު އިންތިޚާބު ބޭއްވުމަށް ސިޔާސީ ޕާޓީތަކުންވަނީ އެއްބަސްވެފައެވެ.

އިދިކޮޅު ކޯލިޝަނުން ފާޅުކުރި ކަންބޮޑުވުންތަކުގެ ތެރޭގައި، ސަރުކާރުން ކެމްޕެއިން ދަތުރުތަކާއި އެއްގޮތަށް އިދިކޮޅަށް ކެމްޕެެއިން ދަތުރުތައް ނުކުރެވެނީ ކީއްވެތޯ ވަނީ ސުވާލުއުފައްދާފައެވެ. އަދި ރަށްތަކަށ ދަތުރުކުރުމަށްފަހު 10 ދުވަސްވަންދެން ކަރަންޓީން ވާން ޖެހުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށާއި ސިޔާސީ ޕާޓީތަކުގެ އިތުރުން އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންނަށްވެސް ދިހަ ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަންޖެހުމަކީ ހަރަދަށް ބެލިޔަސް ކުރުން ފަސޭހަކަމަކަށް ނުވާނެކަމެއްކަމަށް އިދިކޮޅުން ފާހަގަކުރިއެވެ. އަދި އެދިހަ ދުވަހުގެ ތެރޭގައި ސިޔާސީ ނުފޫޒު އޮފިޝަލުންނަށް ނުފޯރާނެކަމުގެ ޔަގީންކަންވެސް ނޯންނާނެކަމަށް އިދިކޮޅުން ބުންޏެވެ.

ބައްދަލުވުމުގައި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ފާހަގަކުރި ބައެއް ކަންކަމުގެ ތެރޭގައި، ރާއްޖޭގެ އިންޓަނެޓް ސްޕީޑްގެ ހާލަތު ހުރި ގޮތުން އޮންލައިން ކެމްޕެއިންކުރުމަކީ ނުވާނެ ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި ހަމަހަމަކަމާއި އިންސާފުވެރި އިންތިޚާބެއް ބާއްވަން ބޭނުންވާނަމަ، ކަރަންޓީނާއި އައިސޮލޭޝަންގައި ތިބޭ ރައްޔިތުން ވޯޓުލާ މަރުކަޒަށް ގެނެވޭނެ ވެހިކަލެއް ނުވަތަ އިންތިޒާމެއް ހަމަޖައްސަން ޖެހޭނެކަމަށް ތޮލާލް ވިދާޅުވިއެވެ.

ތިން ފޫޓުގެ ދުރުމިން ބަހައްޓާއިރު، ބަލަން އެބަޖެހޭ ވޯޓުލާ މަރުކަޒުގެ ކިހާ ހިސާބަކުން ފެށިގެންކަން ތިން ފޫޓު މިބަހައްޓަންޖެހެނީ. ދެން އެއާއެކު ފާހަގަކޮށްފައި އެބަވޭ އަމިއްލަ ގަލަން ގެންދަން ޖެހޭ ވާހަކަވެސް. މިކަން މިގޮތަށް އޮތިއްޔާ މަރުކަޒުގެ ބޭރުގައި ގަލަން ބެހުން ކުރިއަށްދާނެ

އެމްޑީޕީގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ޕާޓީގެ ޑެޕިޔުޓީ ޗެއަރޕަރސަން އަލީ ނިޔާޒެވެ. ޕީޕީއެމްގެ އެސްޖީ ތޮލާލް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި ނިޔާޒް ވިދާޅުވީ، އެމްޑީޕީއިން އަދި ކެމްޕެއިންގެ އެއްވެސް ހަރަކާތެއް ފަށާފައިނުވާ ކަމަށެވެ. އެމްޑީޕީ އަކީ ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީއަށް ވުމުން މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ސަރުކާރުގެ ފަރާތުން ބޭފުޅުން ރަށްތަކަށް ވަޑައިގަންނަވާނެ ކަމަށާއި އެއީ އެމްޑީޕީގެ ބާރުގެ ދަށުގައިވާ ކަމެއް ނޫންކަމަށެވެ. އަދި މިހާރުވެސް ކެމްޕެއިން ޖަލްސާތަކާއި އެއްވުންތައް ބާއްވަމުންދަނީ އިދިކޮޅުންކަން ނިޔާޒް ފާހަގަކުރެއްވިއެވެ.

ދޮރުން ދޮރަށް ކެމްޕެއިން ކުރެވުމުގެ ހުއްދަ އޮތުމަކީ މުހިންމުކަމެއް. އެހެންނޫންނަމަ، ކެމްޕެއިން ކުރުމަށް އެޅޭ ވަރަށް ބޮޑަށް ހުރަހެއް އެއީ. އަޅުގަނޑުމެން އާންމުކޮށްވެސް ގެތަކަށް ވަންނަނީ މީހުންގެ ހުއްދަ އެހުމަށްފަހު.

ބައްދަލުވުމުގައި ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވަނީ ވީހާވެސް ބޮޑަށް ރައްޔިތުން ބައިވެރިކޮށްގެން އިންތިޚާބު ކުރިއަށްގެންދިޔުމަށް އެދިވަޑައިގެންފައެވެ. އެގޮތުން ކަރަންޓީނާއި އައިސޮލޭޝަންގައި ތިބޭ ރައްޔިތުންނަށްވެސް ވޯޓު ލެވޭނެ ފުރުސަތު ފަހިކޮށްދިނުމަކީ މުހިންމުކަމެއް ގޮތުގައި ފާހަގަކުރިއެވެ.

ބައްދަލުވުމުގައި ދެކެވުނު ހުރިހާ ވާހަކަތަކަށް ރިއާޔަތްކުރުމަށްފަހު އިލެކްޝަންސް ކޮމިޝަންގެ ރައީސް އެދިވަޑައިގަތީ ހުރިހާ ސިޔާސީ ޕާޓީތަކަކުން ގޮތްދޫކުރުމަށްފަހު އާބާދީގެ ބޮޑުބަޔަކަށް ވެކްސިންލިބެންދެން އިންތިޛާބު ފަސްކުރުމަށް އެއްބަސްވުމަކަށް އައުމަށެވެ. އެގޮތުން އިންތިޚާބު އިންތިޒާމް ކުރާ ފަރާތުގެ ހައިސިއްޔަތުން ޒިންމާ ނަގަންޖެހޭ ބައިވަރު ކަންކަން ހުންނަ ކަމަށާއި އެއިން އެއްވެސް ކަމަކަށް ފަރުވާކުޑަކޮށްފިނަމަ އެކަންކަމަކީ، ކޮމިޝަންގައި މިހާރު ތިބި ހަތަރު މެމްބަރުން ޒިންމާ ނަގަންޖެހޭނެ ކަންކަން ކަމުގައި ފާހަގަކުރެއްވިއެވެ. އަދި އަލުން އައު އިންތިޚާބަކަށް 51 މިލިއަން ރުފިޔާ ހަރަދު ކުރަންޖެހުމަކީ ވެދާނެ ކަމެއްކަމަށް ވިދާޅުވިއެވެ.

މިސާލަކަށް އިސްކަންދަރު ސްކޫލްގައި މިބެއްޓެނީ ސާދަ ފޮށި. ތިން ފޫޓުގެ ދުރުމިން ބަހައްޓަންޏާ ކޮންމެ ފޮށްޓެއްގައި ކިޔޫގައި ޖެހެން ސްކޫލަށް މިވަދެވެނީ އެންމެ 30 މީހުން. ވޯޓުލާން ކިޔޫއަށް އެރުމަސް ގިނައިރު ނަގާނެތީ ވޯޓޫ ނުލާނެ ބައިވަރު މީހުން ތބޭނެ. ވަރަށް ބޮޑު “ޓަރން އައުޓް”އަކަށް މިކަން ވެގެންދާނީ

އީސީއިން އިތުރަށް ފާހަގަކުރި ކަންކަމުގެ ތެރޭގައި އީސީގެ އޮފިޝަލަކު ޕޮޒިޓިވްވެއްޖެނަމަ ހުރިހާ އޮފިޝަލުން ކަރަންޓީނަށް ދާން ޖެހޭނެއެވެ. އެކަމަށް އޮތް ހައްލަކީ ބެކްއަޕް އޮފިޝަލުންތަކެއް ބޭތިއްބުން ކަމަށާއި އެހެންނަމަވެސް، އެއީ ދައުލަތަށް ކުރެވޭނެ ހަރަދެއްނޫންކަން ފާހަގަކުރެއްވިއެވެ. އަދި އޮފިޝަލުންނަށް އޮންލައިން ތަމްރީންތައްވެސް ހިންގުމަކީ އީސީއިން ކުރާނެ ކަމެއް ނޫން ކަމަށާއި މިއީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ގޮންޖެހުންތައް ގިނަ އިންތިޚާބު ކަމަށާއި އެންމެ އޮފިޝަލެއް އަތުން ގޯހެއް ހެދުނަސް އެކަމަށް މުޅި ކޮމިޝަން ޒިންމާވާންޖެހޭނެކަން ފާހަގަކުރިއެވެ.

އެހެންކަމުން، މިޕެންޑެމިކްގެ ހާލަތުގައި އިންތިޚާބު ބޭއްވުމަކީ ނުކުރެވޭނެ ކަމެއްކަން ގަބޫލުކޮށް، ސިޔާސީ ޕާޓީތަކުންވެސް ޖޫން ނުވަތަ ޖުލައި މަސް އަންނަންދެން އިންތިޚާބު ބޭއްވުން ލަސްކުރުމަށް އެބަސްވުމަކަށް އައުމަށް އީސީއިން މިއަދުގެ ބައްދަލުވުމުގައި އެދުނެވެ.

މަޖިލީހުން މިހާރު ވަނީ ޕެންޑމިކްގެ ތެރޭގައި އިންތިޚާބު ބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ގެނެސްފައެވެ. އެހެންނަމަވެސް، ކުރިމަތިވާ ގޮންޖެހުންތަކާއޮި ކޮމިޝަންގެ މެމްބަރުންގެ ވާހަކަތަކުން ޕެންޑަމިކްގެ ތެރޭ ނުވަތަ ވެކްސިން ޖަހަން ނުފެށެނީސް އިންތިޚާބު ބާއްވާފާނެކަމަށް ލަފައެއް ނުކުރެވެއެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: