ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރު ޖަވާބުދާރީ ކުރެވޭނީ، ނިޒާމުން ބޭރުން މަސައްކަތްކޮށްގެން: ޝިޔާމް

ހައިކޯޓުގައި ޝަރީއަތް ކުރިޔަށް ގެންދިޔަ ވަގުތު ސަޕޯޓަރުން، ކޯޓު ސަރަހައްދަށް އެއްވެފައި/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ނިޒާމުގެ ތެރެއިން މަަސައްކަތްކޮށްގެން ގައުމު އަތުނުވާނެ ކަމަށް، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވެރިކަމުގައި ހުންނަވައިގެން، މަނީ ލޯންޑާރ ކުރެއްވިކަމުގެ ކުށުގައި ރައީސް ޔާމީން މައްޗަށް ކްރިމިނަލް ކޯޓުން ނޮވެމްބަރު 28، 2019 ގައި އިއްވި ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމް ދަމަހައްޓައިފަ އެވެ. ހުކުމް ރަނގަޅު ކަމަށް ހައި ކޯޓުގައި ބޭއްވި އަޑުއެހުމުގައި ނިންމީ އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ އަޣުލަބިއްޔަތުންނެވެ. ފަނޑިޔާރު ހުސައިން ޝަހީދުގެ ރައުޔުގައި ވިދާޅުވީ، ރައީސް ޔާމީނަށް ދަށު ކޯޓުން އިއްވި ހުކުމް ގޯސް ކަމަށެވެ.

ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލާން ހުކުމްކުރީ ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތަށް ލިބެން ޖެހޭ އެއް މިިލިއަން ޑޮލަރު ދެ ފަހަރެއްގެ މަތިން އެސްއޯއެފްގެ އެކައުންޓެއް މެދުވެރިކޮށް އެމަނިކުފާނުގެ އެކައުންޓަކަށް ޖަމާވި ކަމަށް ބުނެ އެވެ.

ދަށު ކޯޓުގެ ހުކުމަށް ހައިކޯޓުން ތާއީދު ކުރުމުން، އިދިކޮޅުން ކުރިޔަށް ގެންދިޔަ އިހުތިޖާޖުގައި، ޝިޔާމް ވިދާޅުވީ ދިވެހި ރައްޔިތުން މިއަދު ގުނަމުން ދަނީ، ވަރަށް ނާއިންސާފުވެރި ސަރުކާރެއްގެ ދުވަސްތަކެއް ކަމަށެވެ. ޝިޔާމް ވިދާޅުވީ މި ގައުމުގައި މިނިވަން އެއްވެސް މުވައްސަސާއެއް، އަދި ކޯޓެއް ވެސް ނެތް ކަމަށެވެ. އަދި ވިދާޅުވީ ދިވެހި ދައުލަތުގެ އެއްވެސް މުވައްސަސާއެއް މިނިވަންވާނީ، ގައުމު މިނިވަން ހާލަތުގައި އޮވެގެން ކަމަށެވެ.

ޝިޔާމް ވިދާޅުވީ ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި، ޕާޓީގެ ހަރަކާތްތައް ވަރުގަދަ ވާނެ ކަމަށާއި މިވަގުތު ކޮނޑުގައި އެޅުވިފައި ވަނީ ގައުމީ ޒިންމާއެއް ކަމަށެވެ. އަދި ގޭގައި މަޑުން ތިބެ ރައީސް ޔާމީން މިނިވަން ނުކުރެވޭނެކަން ކޮންމެ މީހަކުވެސް މިއަދު ގަބޫލު ކުރާ ކަމަށާއި، ރައީސް ޔާމީން މިނިވަން ކުރެވޭނީ މަގުމައްޗަށް ނިކުމެގެން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

“އަޅުގަނޑުމެންނަށް މިކަން ކުރެވެން އޮތީ، ރައީސް ޔާމީން މިނިވަން ކުރެވެން އޮތީ މަގުމައްޗަށް ނިކުމެގެން. މިއީ ސިޔާސީ ކަމެއް. ސިޔާސީ ގޮތުން ރައީސް ޔާމީނަށް އަނިޔާ ކުރަމުން މިދަނީ.” ޝިޔާމް

ޝިޔާމް ވިދާޅުވީ، ރައީސް ޔާމީނަށް އަނިޔާކުރަމުން ދަނީ ސިޔާސީ ގޮތުން ކަމަށެވެ. ނިޒާމުގެ ތެރެއިން މަސައްކަތްކޮށްގެން، ގައުމު އަނބުރާ ލިބޭއިރު ގައުމުގެ ހާލަތު އޮންނަނީ ދަށްވެފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން، ދެން އޮތް ގޮތަކީ ނިޒާމުގެ ބޭރުން މަގުމަތީން، މި ސަރުކާރު ޖަވާބުދާރީ ކުރުވުންކަމަށް ޝިޔާމް ފާހަގަކުރެއްވިއެވެ.

“އަޅުގަނޑު އަބަދުވެސް ދަންނަވަމުން މިދަނީ، ނިޒާމުގެ ތެރެއިން މިތަނުގައި މިއޮތީ ހުރިހާ ނިޒާމެއް ވެސް ކޮރަޕްޓުވެފައި. ހުރިހާ ނިޒާމެއް ވެސް ކޮރަޕްޓުވެފައި. ނިޒާމުގެ ތެރެއިން ރައީސް ޔާމީން އެ ބައްލަވަނީ މަސައްކަތްޕުޅު ކުރައްވަން. އެހެން ނަމަވެސް އަޅުގަނޑުމެންނަށް އެނގެން އޮތް އެއްޗަކީ ނިޒާމުގެ ތެރެއިން މަސައްކަތްކޮށްގެން، ގައުމު އަތުވާއިރު ގައުމެއް ނޯންނާނެ. އެހެންވީމަ އަޅުގަނޑުމެން ޖެހެނީ، ނިޒާމުން ބޭރުން… މަގުމަތިން މި ސަރުކާރު ޖަވާބުދާރީ ކުރުވަން.” ޝިޔާމް

ޝިޔާމް ވިދާޅުވީ، އޭނާގެ އެންމެ ބޮޑު އެދުމަކީ އިދިކޮޅުން ގޮވާލާ ގޮވާލުންތަކަށް ރައްޔިތުން އެއްބާރުލުން ދިނުން ކަމަށެވެ.

ނިޒާމުން ބޭރުން މަގުމަތިން ސަރުކާރު ޖަވާބުދާރީކުރުވަން ގޮވާލުމަށްފަހު، ވާހަކަ ނިންމާލަމުން ޝިޔާމް ވިދާޅުވީ މި ސަރުކާރު ބަދަލު ކުރާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: