ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޓީސީސީގެ ތ އަތޮޅާއި ލ ލޯންޗު ފެރީ ގަޑިތަކަށް ބަދަލުތަކެއް!

ތ އަތޮޅާއި ލ އަތޮޅާ ދެމެދު އެމްޓީސީސީގެ ލޯންޗު ފެރީގެ ހިދުމަތް/ ފޮޓޯ: އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ތ. އަތޮޅާއި ލ. އަތޮޅާ ދެމެދު ލޯންޗް ފެރީ ދަތުރު ކުރާ ގަޑިތަކަށް ބަދަލު ގެނެސްފި އެވެ.

މީޑިއާތަކާއި މައުލޫމާތުތައް ހިއްސާކޮށް އެމްޓީސީސީއިން ބުނީ، ބަދަލު ގެނެސްފައިވަނީ ތ. ވޭމަންޑޫއިން އެ އަތޮޅު ތިމަރަފުށި އަދި ތިމަރަފުށިން ލ. ގަމަށް ހެނދުނު ގަޑީގައި ކުރާ ދަތުރުތަކުގެ ވަގުތަށް ކަމަށެވެ.

މިހާރު ގެނައި ބަދަލުން، ކުރިން ވޭމަންޑޫއިން ހެނދުނުގެ 07:00 ގައި ތިމަރަފުށިއަށް ކުރާ ފެރީ ދަތުރު ދެން އޮންނާނީ 11:30 ގައެވެ. އަދި ތިމަރަފުށިން،07:15 ގައި ގަމަށް ދަތުރު ކުރާ ފެރީ ދެން އޮންނާނީ 11:45 ގައެވެ.

އެމްޓީސީސީއިން ތ. އަތޮޅާއި ލ. އަތޮޅާ ދެމެދު ލޯންޗު ފެރީގެ ހިދުމަތް ފެށީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

އެމްޓީސީސީގެ، ލޯންޗު ފެރީ ކޮންމެ ހަފްތާއެއްގެ ވެސް އާދީއްތަ، އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު ދަތުރުކުރާނެ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: