ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ ލައްކަ ރުފިޔާ ނުދެއްކުމުން، 286 މިލިއަންގެ ޖުރިމަނާއެއް ދައްކަން ކުރި ހުކުމެއް ބާތިލު!

ދިވެހިރާއްޖޭގެ ހައިކޯޓު --- ފޮޓޯ އެޑިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ދެ ލައްކަ ރުފިޔާ ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި 286 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުންކޮށްފައިވާ ހުކުމެއް، ހައިކޯޓުން ބާތިލުކޮށްފިއެވެ.

ވަކި ފަރުދުންތަކެއްގެ މެދުގައި ހެދި މަދަނީ އެއްބަސްވުމެއްގެ ދަށުން ދައްކަންޖެހޭ 227،000 ރުފިޔާ ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި 286 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކުރީ 2016 ވަނަ އަހަރު އެވެ. އެ މައްސަލައިގައި ކޯޓުން އޭރު ހުކުމް ކުރީ، މަހަކު މަދުވެގެން 20،000 ރުފިޔާ ދެއްކުމަށެވެ. ނަމަވެސް، އެ އެންގުމާއި އެއްގޮތަށް މަހަކު އެ އަދަދު ދައްކާނަމަ، އެތައް ސަތޭކަ އަހަރު ދުވަހެއް ނަގައެވެ.

މައްސަލައިގައި ވާ ގޮތުން، ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ އަދަދު ބޮޑުވީ، ފައިސާ ނުދައްކާ ހޭދަވާ ކޮންމެ ދުވަހަކަށް އެކަނި ވެސް 80 އިންސައްތައިގެ ޖޫރިމަނާއެއް އަރާނެކަމަށް އެއްބަވުމުގައި ވާތީ އެވެ. މައްސަލައިގައި ސިވިލް ކޯޓުން ހުކުމް ކުރިއިރު، އެއްބަސްވުމާއި އެއްގޮތަށް ފައިސާ ދައްކަމުން ނުދާތާ ހަތަރު އަހަރު ވަނީ ވެފައެވެ.

މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ، ޖޫރިމަނާގެ ފައިސާ ދައްކަން ޖެހޭ ފަރާތުންނެވެ. އަދި ހައިކޯޓުގައި އިއްވި ހުކުމުގައި ވަނީ، މަދަނީ އެއްބަސްވުމެއްގެ ދަށުން ނަގައިދޭ ޖޫރިމަނާގެ އަދަދު ބޮޑުވެގެން ނުވާނެ ކަމަށެވެ. އަދި އެ ހުކުމް ހަވާލާދީފައި ވަނީ، ބައިނަލްއަގުވާމީ ފިގުހު އެކަޑަމީއިން ނެރެފައިވާ ގަރާރަކާއި އެވެ.

ސިވިލް ކޯޓުގެ ހުކުމް ބާތިލުކޮށް، ހައިކޯޓުން ބުނީީ ޖޫރިމަނާގެ އަދަދު އެކަށީގެންވާ މިންވަރަށް ވުރެ މާ ބޮޑުވާނަމަ، އެ އަދަދު ކޯޓުން މަދު ކުރެވިދާނެ ކަމަށެވެ. ހައިކޯޓުން ވަނީ، މައްސަލައިގައި ނުދައްކާކަމަށް ބުނާ އަދަދަށް ވުރެ، ޖޫރިމާނާގެ ފައިސާ ބޮޑުވެގެން ނުވާނެ ކަމަށެވެ. ނަމަވެސް އެއްބަސްވުމާއި އެއްގޮތަށް ފައިސާ ދައްކަމުން ނުދިއުމުގެ ސަބަބުން، ނުވަތަ ލަސްވުމުގެ ސަބަބުން އަސްލު އަދާދަށް ވުރެ ބޮޑު ގެއްލުމެއް ލިބިފައިވާކަން ސާބިތު ކުރާ ހާލަތެއްގައި، އަދަދަށް ވުރެ ބޮޑު ޖުރިމަނާއެއް ކުރެވިދާނެ ކަމަށް ހައިކޯޓުގެ ހުކުމުގައި ވެއެވެ.

ހައިކޯޓުން ހުކުމްކުރީ، ސިވިލް ކޯޓުން 286 މިލިއަން ރުފިޔާ ދެއްކުމަށް ކުރި ހުކުމް ބާތިލުކޮށް، އެއްބަސްވުމުގެ އަދަދާއި އެއްވަރަށް 227،000 އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށެވެ.

މި މައްސަލަ ހައިކޯޓުގައި ބެއްލެވީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަދި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ އިތުރުން ފަނޑިޔާރު މުހައްމަދު ފައިސަލް އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: