ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލީ ވަހީދުގެ ޝަރީއަތް ލައިވް ކުރަން ގޮވާލައިފި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު/ މީގެ ކުރިން ރާއްޖެ އޮތީ އެންމެ ގޯސް ހާލަތަށް ވެސް ތައްޔާރަށްކަމަށް ވިދާޅުވީ އަލީ ވަހީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ލައިވް ކުރަން އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ގޮވާލައިފިއެވެ..

ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަލީ ވަހީދުގެ ޝަރީއަތް ލައިވްކޮށް ބަލަން ބޭނުން ކަމަށެވެ.

އަދި އެކަން ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކެރިވަޑައިގަންނަވާނެތޯ ޝުޖާއު ވަނީ ސުވާލު ކުރައްވާފައެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް އާދިއްތަ ދުވަހުގެ މެންދުރު 1:30 ގައި ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އަލީ ވަހީދުގެ މައްޗަށް ދައުލަތުން ވަނީ ހަ ދައުވާއެއް އުފުލާފައެވެ. އެ ދައުވާތަކަކީ:

1- ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ

2- ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ

3- ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ.

4- ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ

5- ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ

6- ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދަޢުވާ

 

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: