ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުންޏާ ބެހޭ ވަޒީރު މަގާމުން ދުރުކުރަންޖެހޭ: ބޮންޑެ

ޝެއާރކޮށްލާ ކަހަލަދޯ؟

ކުނި މެނޭޖުކުރުމުގައި ފެއިލެވެފައިވާތީ އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ޙުސައިން ރަޝީދު ހަސަން މަޤާމުން ދުރުކުރުން ޖެހޭ ކަމަަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

ބޮންޑެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބާބެޓެރިތަކާ ވިހަކެމިކަލްތަކާއެކު މާފުށީގައި ކުނިގޮނޑު އަންދަމުންދާކަމަށާއި، ވިހަދުމާއި ނުބައި ވަސް މާފުށީ ރެސްޓޯރަންޓްތަކާއި ގެސްޓުހައުސްތަކަށް ފެތުރިފައިވާކަމަށެވެ.

“ވިހަދުމާއި ނުބައި ވަސް މާފުށީ ރެސްޓޯރަންޓްތަކާއި ގެސްޓުހައުސްތަކަށް މިރޭ ވަނީ ފެތުރިފައެވެ! އާންމު ސިއްހަތައް ނުރައްކާވެ ފަތުރުވެރިކަން ޑީމޯޓް ވަނީޢެވެ!
ކުނި ވަޒީރު މަގާމުން ދުރުކުރާން ޖެހެއެވެ!” ބޮންޑެ ވިދާޅުވިއެވެ.

ބޮންޑެ މިފަދައިން ވިދާޅުވެފައިވާއިރު، މާފުށީ ފަޅާ މޫދަށް ބައެއް މީހުން ކުނިއަޅާތީ އެކަން ހުއްޓުވުމަށް ކުރަންޖެހޭ ކަންކަން ވަގުތުކުރުމަށް އެރަށު ކައުންސިލަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިންވެސް ވަނީ އަންގާފައެވެ.

މާފުށީގައި ކުނި މެނޭޖްކުރުމަށް އެކަށީގެންވާ ޖާގައާއި ވަޞީލަތްތައް ނެތްކަމަށް ބުނެ ރަށުގެ ފަޅުން ބައެއްގައި ދާ ޖަހައިގެން ކުނި މެނޭޖްކުރާތާ އަހަރުތަކެއް ވަނީ ވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: