ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖުޑިޝަރީ އިސްލާހުކުރަން ރައީސް ސޯލިހު ވީ ވައުދު މިވީ އޮޅުވާލުމަކަށް: ޖަމީލް

ޝެއާރކޮށްލާ ކަހަލަދޯ؟

ޖުޑިޝަރީ އިސްލާހުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވީ ވައުދު މިވީ އޮޅުވާލުމަކަށް ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް ދަމަހައްޓަން ހައިކޯޓުން ވަނީ ތާއީދުކޮށްފައެވެ.

މިކަމާ ގުޅިގެން ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީނަށް ހައިކޯޓުން ކުރި ހުކުމުން އެނގުނީ ޖުޑިޝަރީއަށް ސަރުކާރުން ބަދަލުގެނައީ ސީދާ ވަކިބަޔަކަށް ޓާގެޓްކޮށްގެންކަންކަމަށާއި، ޒަމާންވީ މިސަޤާފަތް ބަދަލުކުރުމަށް ރައީސް ސޯލިހު ވެވަޑައިގެންނެވި ވަޢުދު އޮޅުވާލުމަކަށްވެފައިވާކަމަށެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޙުކުމަށް ހައިކޯޓުން ތާއީދުކޮށްފައި ވަނީ މިމަހުގެ 21 ވަނަ ދުވަހު ބޭއްވި ޝަރީއަތުގައެވެ. އެދުވަހުގެ ޝަރީއަތުގައި ދެ ފަނޑިޔާރަކުވަނީ ރައީސް ޔާމީނަށް އިއްވި ހުކުމުގައި ހެކިބަސް ދީފައިވަނީ ފާސިގުންކަމަށް ވިދާޅުވެ، އެހެކިވެރިންގެ ހެކިބަސް ބަލައި ނުގަނެވޭކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: