ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލަންކާގެ ހެލްތު މިނިސްޓަރަށް ކޮވިޑް ޖެހިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ސްރީލަންކާގެ ހެލްތު މިނިސްޓަރު ޕަވިތުރާ ވަންނިއަރައްޗީއަށް ކޮވިޑް-19 ޖެހިއްޖެ އެވެ.

ލަންކާގެ ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މިނިސްޓަރު ވަންނިއަރައްޗީ އިއްޔެ ކޮރޯނާވައިރަހަށް ޕޮޒިޓިވްވިކަން އެނގުމާއެކު އޭނާ ވަނީ އެކަހެރިކޮށްފަ އެވެ.

ލަންކާގައި މިހާތަނަށް 58،000އަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު އިއްޔެ އެގައުމުން ވަނީ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ބޭނުން ކުރަން ހުއްދަ ދީފަ އެވެ.

އަދި އެގައުމުގެ ސަރުކާރުން ވަނީ އަންނަ މަހުގެ މެދުތެރޭގައި ވެކްސިން ލިބެން ފަށާނެ ކަމަށް ބުނެފަ އެވެ.

ލަންކާގެ ސްޓޭޓް މިނިސްޓަރަކު ވިދާޅުވި ގޮތުގައި އެގައުމުގެ އާބާދީގެ 20 ޕަސެންޓަށް ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ވެކްސިން ލިބޭނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: