ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

61 ކިލޯ ޑްރަގްސް މައްސަލަ: ވިސާމް ދޫކޮށްލި މައްސަލަ އިސްތިއުނާފު ކުރަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ އަހަރު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް 61 ކިލޯގެ މަސްތިވާތަކެތި އެތެރެކުރުމުގެ ބޮޑެއްގެ ގޮތުގައި ހުރި މއ. ބޮއިލިންފިޝް އަހުމަދު ވިސާމު ބަންދުން ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމައިފި އެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ، އިރުއަލިމަސް ނަމަކަށް ކިޔާ ދޯންޏެއްގައި، 61 ކިލޯ ހުންނަވަރުގެ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމުގައި އެންމެ އިސްކޮށްހުރި މއ. ބޮއިލިންގފިޝް، އަހުމަދު ވިސާމް ބަންދުން ދޫކޮށްލުމަށް  ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް ނިންމައިފައިވާ ކަމަށެވެ.

މި މައްސަލާގައި ވިސާމް ހިމެނޭގޮތަށް 11 މީހެއްގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ކޮށްފައިވެ އެވެ.

މި މައްސަލައިގައި ދެން ހިމެނެނީ، މުހައްމަދު ހަމީދު، ގދ. ރަތަފަންދޫ، ގުލްދަސްތާގެ، މުހައްމަދު މާއިޝް، މ. މާކޮޅު، މުހައްމަދު ޝާމިން، މއ. ވިރާހު، އަހުމަދު ޝިފާޒް، ހުޅުމާލޭ ފްލެޓް 06ޖީ4، އަބްދުﷲ ޝާމް، މއ. ބޯޅަކިންކިރިމާގެ، ހުސައިން ސުނާޒް، މ. މުލި، ސޯސަންވިލާ، ސައުދުﷲ ރަޝީދު، މ.ކެޕްރިކޯން، މުހައްމަދު ނަޝީދު، މ.މުލި، ހުދުފިނިފެންމާގެ، މުހައްމަދު މާއިދު، މ. ކޮޅުފުށި، އޯޝަންވިއު އަދި މުހައްމަދު ރިޟްވާން އިބްރާހިމް، މ. މުލި، މުސްތަރީގެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: