ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ މުވައްޒަފުންނަށް ސަރުކާރާ ދެކޮޅު ވާހަކަ ނުދެއްކޭ އުސޫލު ގެނައީ 2012 ގައި!

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ މުވައްޒަފުންގެ ގޮތުގައި އައްޔަންކުރާ މުވައްޒަފުން ސަރުކާރުގެ ސިޔާސަތުތަކާއި ނިންމުންތަކާ ދެކޮޅަށް ހިޔާލު ފާޅުކުރުން މަނާކޮށްފައިވާ އުސޫލަކީ 2012 ވަނަ އަހަރު އަމަލުކުރަން ފެށި އުސޫލެއް ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބުރޫކް އަބްދުލްއަޒީޒު މިއަދު ވިދާޅުވީ ސިޔާސީ މުވައްޒަފުން ސަރުކާރާ ހިޔާލު ތަފާތުވިޔަސް އެ ހިޔާލު ފާޅު ނުކުރެވޭ ގޮތަށް، ސަރުކާރުގެ ނިންމުންތަކަށް ހުރުމަތްތެރިކޮށް ހިތުން މަޖުބޫރުކޮށް އާ އުސޫލެއް ހަދާފައިވާ ކަމަށް ދޭހަވާ ގޮތަށް މީޑއާތަކުން ގެނެސްދީފައިވާ ހަބަރުގައި އޮޅުންތަކެއް އެކުލެވޭ ކަމަށެވެ. މަބްރޫކް ވިދާޅުވީ ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސުލްޖުމްޖޫރިއްޔާ އައްޔަން ކުރާ މުވައްޒަފުންގެ އަމަލުތައް ވަކި ގޮތަކަށް ބަހައްޓަންޖެހޭ ކަމަށް ބުނެފައިވާ އުސޫލަށް އަމަލު ކުރަމުން އަންނަނީ 2012 ވަނަ އަހަރުން ފެށިގެން ކަމަށެވެ.

އާދީއްތަ ދުވަހު އަލުން ޝާއިއު ކުރީ، އެ އުސޫލުގެ 09 ވަނަ މާއްދާގެ (ހ) ގެ 15 ވަނަ ނަމްބަރަށް ގެނެވުނު ބަދަލަކާއި ގުޅިގެންކަން މަބްރޫކް ފާހަގަ ކުރެއްވިއެވެ. އަދި ވިދާޅުވީ ސިޔާސީ މުވައްޒަފުން އަމަލުކުރަންޖެހޭ އުސޫލަށް ގެނެވުނު އާ ބަދަލަކީ ހަމައެކަނި މުވައްޒަފުންގެ ސަލާމުގެ ޗުއްޓީއަށް ގެނެވުނު ބަދަލު ކަމަށާއި އެއީ ސަލާމުގެ ޗުއްޓީގެ 30 ދުވަހުގެ ތެރެއިން މެޑިކަލް ސެޓްފިކެޓެއް ނެތި ސަލާމުގެ ގޮތުގައި ދެވޭނީ 15 ދުވަސް ކަމަށެވެ.

ސިޔާސީ މުވައްޒަފުން އަމަލުކުރަން ޖެހޭކަމަށް ބުނާ އުސޫލުގައިވާ ގޮތުން ސަރުކާރުން ނިންމާ ނިންމުންތައް ބަލައިގަނެ އެއަށް ހުރުމަތްތެރިކޮށް ހިތަން ޖެހޭނެއެވެ. އަދި ސަރުކާރުން އެކުލަވާލާ އުސޫލެއް، ނުވަތަ ހިންގުމާއި މެދު ހިޔާލު ތަފާތު ވިޔަސް، އެކަމާއި ގުޅޭގޮތުން އާންމު ތަންތަނާއި، އަދި ސޯޝަލް މީޑިއާގެ ވަސީލަތްތައް ނުވަތަ މީޑިއާއެއްގައި އެ ވާހަކަ ނުދެއްކުން ހިމެނެއެވެ.

މީގެ އިތުރުން ސަރުކާރުގެ ސިޔާސަތާ ތަފާތު ވިސްނުމެއް ނުވަތަ މުވައްޒަފުގެ މަސްއޫލިއްޔަތާ ފުށޫ އަރާ ކަމަކަށް މަގުފަހިވެދާނެ އުސޫލެއް އެ މުވައްޒަފަކަށް ނުގެންގުޅެވޭނެ ކަމަށް އެ އުސޫލުގައި ބުނެފައިވެއެވެ.

ސިޔާސީ މުވައްޒަފުންނަކީ، ރައީސް ނުވަތަ ރައީސް ކަނޑައަޅުއްވާ ފަރާތަކުން ސޮއިކުރާ ލިއުމެއް މެދުވެރިކޮށް ވަޒީފާއެއް ހަމަޖައްސާ މީހުންނެވެ.

މީގެ އިތުރުން މަގާމުގެ ހައިސިއްޔަތުން މުވައްޒަފަށް ލިބިފައިވާ އެއްވެސް މައުލޫމާތެއް އަމިއްލަ މަސްލަހަތެއް ނުވަތަ އެއްވެސް ގުޅުމެއް އޮތް މީހެއްގެ މަސްލަހަތެއް ހާސިލުކުރަން ބޭނުން ކޮށްގެން ނުވާނެ ކަމަށާއި ސިއްރު ހިފަހައްޓަން ވެސް އެ އުސޫލުގައި ބުނެފައިވެ އެވެ.

އެ އުސޫލާއެކު ރަސްމީ ގަޑީގައި އެހެން އެއްވެސް ވަޒީފާއެއް އަދާކުރުން ވެސް މަނާވާނެ އެވެ. އަދި ވުއްޓީއާއި ސަލާން ބުނުމާއި އިތުރު ގަޑީލާރި ނެގޭނެ ގޮތްވެސް އެ އުސޫލުގައި ބަޔާންކޮށްފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: