”ސީއެންއެންސް ކޯލް ޓު އާތު“ ޕްރޮގްރާމް“ މީޑިއާނެޓްގެ 110 ނަމްބަރ ޗެނަލްއިން ބަލާލެވޭނެ އެވެ.
ސީއެންއެންއިން ތިމާވެށި ހިމާޔަތް ކުރުމަށް ބާރު އަޅާ ކުރިޔަށް ގެންދާ ”ސީއެންއެންސް ކޯލް ޓު އާތު“ ގައި މަންޓާ ރޭއި ހިމާޔަތް ކުރުމަށް، ރާއްޖެއިން ކުރިޔަށްގެންދާ ”މަންޓާ ރޭއި ކޮންޒަވޭޝަން“ އަށް އަމާޒުކޮށްގެން މި މަހު އަންނަނީ ޕްރޮގްރާމެއް ގެނެސްދެމުންނެވެ.
މަންޓާތައް ހިމާޔަތް ކުރާ ގްރޫޕުން އެ އާލާކޮށް، އޭގެ ހަރަކާތްތައް ދެނެގަތުމަށް ކުރާ މަސައްކަތާއި، މައިގަނޑު ގޮތެއްގައި މަންޓާތައް ހިމާޔަތް ކުރުމަށް ކުރާ މަސައްކަތް ދެނެގަތުމަށް ސީއެންއެން އިން ވަނީ ބ.އަތޮޅު މަންޓާ ރޭ ޕްރޮޖެކްޓްގެ މެނޭޖަރ ބެތު ފޮލްކްނާއާ ބައްދަލުކޮށް މައުލޫމާތު ސާފުކޮށްފައެވެ.
މުޅި ދުނިޔޭގައިވެސް އެކި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ މަންޓާގެ އެންމެ ބޮޑު އާބާދީއެއް އޮންނަ ގައުމަކީ ރާއްޖެ ކަމަށްވާއިރު، ރާއްޖޭގައި މަންޓާގެ އާބާދީ އުޅެނީ 5،000 އަށް ވުރެ މަތީގައެވެ.
”ރާއްޖޭގައި މަންޓާއަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އެކި ސަބަބުތަކާ ހެދި އޭގެ ދިރުން ނެތި ދިއުން. އެގޮތުން ކަނޑުގެ ހޫނުމިން ގަދަވުމުގެ ސަބަބުން ރަށްރަށުގެ ވަށައިގެންވާ މުރަކަތައް ހަލާކުވުމަކީވެސް ކުރިޔަށް އޮތްތަނުގައި މަންޓާއަށް އޮތް ނުރައްކަލެއް“ ފޮލްކްނާ
ފޮލްކްނާ ވިދާޅުވީ، އޭނާގެ ބޭނުމަކީ ވީހާވެސް ގިނަ މީހުން މަންޓާއާއެކު މޫދުގައި ފީނާލަން ދިއުން އިންސްޕިރޭޝަނެއްގެ ގޮތުގައި ނެގުން ކަމަށެވެ.
ސީއެންއެންއަކީ މީޑިއާނެޓުން ދައްކަމުން އަންނަ ޗެނަލްއަކަށްވާއިރު، ”ސީއެންއެންސް ކޯލް ޓު އާރތު“ ޕްރޮގްރާމްވެސް މީޑިއާނެޓްގެ 110 ނަމްބަރ ޗެނަލް އިން ބަލައިލެވޭނެއެވެ،

