މީޑިއާ ނެޓުން ”އެންމެނަށް މީޑިއާނެޓު“ ގެ ނަމުގައި ހާއްސަ ޕްރޮމޯޝަންއެއް ފައްޓައިފިއެވެ.
މީޑިއާނެޓުން ބުނެފައިވާގޮތުން މި ޕްރޮމޯޝަންގެ ދަށުން އަލަށް އެ ކުންފުނީގެ ހިދުމަތަށް އެދިލައްވާ ފަރާތްތަކަށް ހިލޭ ކަނެކްޝަން ލައިދޭނެއެވެ. އަދި ޑިކޯޑަރަކާއި އެއް މަސް ދުވަހުގެ ނިޔަލަށް ”ވޯންޓް އިޓް އޯލް“ ޕެކެޖުވެސް ބޭނުން ކުރެވޭނެކަމަށް މީޑިއާ ނެޓުން ބުނެފައިވެއެވެ.
މީޑިއާ ނެޓުން ބުނެފައިވާގޮތުން، ”ވޯންޓް އިޓް އޯލް“ ޕެކެޖުގެ ދަށުން އެ ކުންފުނީގެ ހުރިހާ ޗެނަލްއެއް ލިބިގެންދާނެއެވެ. އަދި ”އެމްއެސްޓީވީ“ ގެ ހިދުމަތް ބަލައިގަންނަ ފަރާތްތަކަށް ހުރިހާ ޗެނަލްތަކެއްގެ އިތުރުން ”ވީޑިއޯ އޮން ޑިމާންޑް“ ހިދުމަތުގެ ތެރެއިން ”ވީޑިއޯ ކްލަބް“ އަށްވެސް އެކްސެސް ލިބިގެންދާނެކަމަށް ބުނެފައިވެއެވެ.
މީޑިއާ ނެޓުން ބުނެފައިވާގޮތުން، ”ވޯންޓް އިޓް އޯލް“ ޕެކެޖުގައި ހުރިހާ އުމުރު ފުރައަކާއި ގުޅޭ ޗެނަލްތައް ލިބެން ހުންނާނެއެވެ.
އެ ކުންފުނިން ބުނެފައިވާގޮތުން، މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ. އެެހެންކަމުން މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތައް މީޑިއާ ނެޓުގެ ކަސްޓަމަރ ސާވިސް ސެންޓަރުތަކަށް ވަޑައިގެން ހިދުމަތަށް ހުށައެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން އެކި ރަށްތަކުގައި އުޅުއްވާ އެ ކުންފުނީގެ ބިޒްނަސް ޕާޓްނަރުން މެދުވެރިކޮށްވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވަޑައިގަތުމަށް ފުރުސަތު ހުޅުވާލެވިފައިވާކަމަށް ބުނެފައިވެއެވެ.

