ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުން ކުރަންވީކަމަކީ މާސްކު ނާޅާ މަގުތަކަށް ނުކުމެ ހަޅޭއްލެވުމެއް ނޫން: ޝިފާއު

ރައްޔިތުންގެ މަޖްލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު
ޝެއާރކޮށްލާ ކަހަލަދޯ؟

ކައުންސިލް އިންތިޚާބު އަވަސްކުރުމަށް އިދިކޮޅު ފަރާތްތަކުން ކުރަންވީ ކަމަކީ މާސްކުނާޅާ މަހުމައްޗަށް ނުކުމެއް ހަޅޭއްލެވުމެއް ނޫން ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގައި ވާހަކަ ދައްކަވަމުން ޝިފާއު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެޗްޕީއޭގެ ގައިޑްލައިންތަކާއި ޚިލާފަށް މަގުތަކަށް ނުކުމެ ހަޅޭއްލުވުމުގެ ބަދަލުގައި، އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ރީތި އަދި ވާދަވެރި ކެމްޕޭނެއް ކުރަންޖެހޭ ކަމަށެވެ.

ޝިފާއު ވިދާޅުވީ ސަރުކާރާއި އެމްޑީޕީން މިހާރު ވެސް ބޭނުންވަނީ އިންތިޚާބު އަވަސްކުރަން ކަމަށާއި އެކަމަކު މި ވަގުތު އޮތް ހާލަތުގެ ގޮތުން އެކަންކުރެވެން އަންނަނީ އެޗްޕީއޭގެ އެންގުންތަކާއި އިރުޝާދުގެ ދަށުން ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ވާހަކަ އިދިކޮޅު ފަރާތްތަކުން ދައްކަމުން އަންނައިރު، ވާދަވެރި ފަރާތްތަކުގެ އެއްވެސް އަމާޒެއް ނެތް ކަމަށް ޝިފާއު ވިދާޅުވިއެވެ. އެގޮތުން އިންތިޚާބަށް ދިޔުމާއި ކެމްޕޭނު ކުރުމާއި، ނުވަތަ އިންތިޚާބު ހުއްޓުވަން މަސައްކަތްކުރުމާމެދު އިދިކޮޅަށް ގޮތެއް ނުނިންމިގެން އުޅޭ ކަމަށްވެސް ޝިފާއު ވިދާޅުވިއެވެ.

ޝިފާއު ވިދާޅުވި ގޮތިގައި އިންތިޚާބަކީ ޑިމޮކްރަސީގެ އެންމެ އަސާސީ އެއް ސިފަ ކަމަށާއި، މިހާރުވެސް އިންތިޚާބު ލަސްވުމުގެ ސަބަބުން ރައްޔިތުންނަށް ލިބިދޭންޖެހޭ އެތައް ޚިދުމަތްތަކެއް ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ.

މިހާރު އޮތް އިންތިގާލީ ކައުންސިލްތަކުން ކަންކަން ކުރާ ގޮތުން ސަރުކާރުން އެންމެ ބޭނުންވާ އަމާޒަށް މަސައްކަތް ނުކުރެވޭ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ޝިފާއު ވިދާޅުވީ ބައެއް ކައުންސިލްތަކުގައި ވާދަވެރި ސިޔާސީ ފަރާތްތައް ތިއްބެވުމެވެ.

“އިދިކޮޅުގެ ސަޕޯޓަރުންވެސް އެ ބުނަމުން ދަނީ އިހުލާސްތެރިކަމެއް ނެތޭ. އަޅުގަނޑުމެންގެ ވަރަށް ވަނދުކޮށް ފެނިގެން ދަނީ. ވާދަވެރިން ދައްކާ ވާހަކަ ސާފެއް ނުވޭ. އިންތިޚާބަށް ކުރާ މަސައްކަތުގައި މިސްރާބެއް ނެތް” ޝިފާއު

ލޯކަލް ކައުންސިލް އިންތިހާބު އަވަސް ކުރުމަށް ގޮވާލައި ބުދަ ދުވަހު އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން ވަނީ މުޒާހަރާ ކުރަން ފަށައިފައެވެ.

އެ މުޒާހަރާގައި އިދިކޮޅުގެ މެންބަރުން ވަނީ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މައި އިދާރާ އާއި އިންތިހާބާ ބެހޭ މަރުކަޒު ހިމެނޭ މަރުކަޒު ކައިރިއަށް އެއްވެ، އިންތިހާބު އަވަސް ކުރުމަށް ގޮވާލައިފަ އެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި މުޒާހަރާގެ ތެރެއިން 24 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި އެ ޕާޓީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ހިމެނެއެވެ.

މީގެ އިތުރުން އިންތިޚާބު ބާއްވާނެ ތާރީޚެއްގެ ގޮތުގައި އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަސް އިލެކްޝަންސް ކޮމިޝަނުންވަނީ ކަނޑައަޅާފައެވެ.

ކޮވިޑް-19 އާ ގުޅިގެން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލި ނަމަވެސް، ކައުންސިލް އިންތިހާބު ބޭއްވޭ ގޮތަށް އެ އިންތިހާބާ ބެހޭ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިދިޔަ ބުރާސްފަތި ދުވަހު ތަސްދީގު ކުރައްވައިފަ އެވެ.

އީސީގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވީ އެ ގާނޫނުގައި ބަޔާންކޮށްފައިވާ އެއް އަހަރުގެ މުއްދަތުގެ ތެރޭގައި އިންތިހާބު ބޭއްވުމަށްޓަކައި، އިންތިހާބު ބާއްވާ ތާރީހެއްގެ ގޮތުގައި އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަސް ކަނޑައަޅާފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: