މީގެ ކުރިން ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކަށް ކަރަންޓީނުވުމަކާ ނުލައި ދަތުރު ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދިޔައީ ޙާއްސަ ހުއްދަތަކެއް ދޫ ކުރަމުންނެވެ.

ނަމަވެސް، މިރޭ އެޗްޕީއޭ އިން ނިންމި ނިންމުމާ އެކު މި ފަރާތްތައް ހިމެނޭހެން އެންމެންވެސް 10 ދުވަހުގެ މުއްދަތަކަށް ކަރަންޓީނުވާން ޖެހޭނެއެވެ.

އެޗްޕީއޭ އިން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި މިވަނީ، މި ދުވަސްކޮޅު ރާއްޖޭގައި ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުން އަންނާތީއެވެ.