ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޭސްތައް އިތުރުވާނަމަ މާލޭ ސަރަހައްދުގެ ގެސްޓް ހައުސްތަކަށް ބިރު އެބައޮތް: ޑރ މައުސޫމް

ޓުއަރިޒަމް މިނިސްޓަރ މައުސޫމް-- ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ގެ ކޭސްތައް ގިނަވާނަމަ އެކަމުގެ ބިރުވެރިކަން ގެސްޓު ހައުސްތަކަށް އެބައޮތް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އޮޕަރޭޓްކުރުމުގެ ހުއްދައަށް އެންމެފަހުން ހުޅުވާލެވުނީ މާލޭ ސަރަޙައްދުގެ ގެސްޓް ހައުސްތައް ކަމަށްވެފައި މާލޭ ސަރަހައްދުގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވުމަކީ އޮތް ބިރެއްކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ޓޫރިސްޓު ޚިދުމަތްދޭ ތަންތަނުގައި ޢަމަލުކުރުމަށް ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ގިނަ ތަންތަނުން ޢަމަލުކުރަމުން ދާކަމަށެވެ. އަދި ރިސޯޓުތަކުން ޕޮޒިޓިވްވާ ކޭސްތައް އިތުރުވެފައިވިޔަސް، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ރިސޯޓުތަކުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިދިޔަ އަހަރު ނިމުނުއިރު މާލެއާއި ރިސޯޓުތަކުގައި ވެސް ކޮވިޑް-19 ގެ ޢަދަދުތައް ވަރަށް ބޮޑަށް ދަށްވެފައިވާކަމަށާއި ޑިސެމްބަރު މަހު އެކަނިވެސް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއިރު، ފަތުރުވެރިންގެ މެދުގައި ޕޮޒިޓިވިޓީ ރޭޓު ހުރީ އެންމެ 0.07 އިންސައްތައިގައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގައި ކޮވިޑް-19ގެ ކޭސްތައް އަނެއްކާވެސް އިތުރުވެ ކޭސްތަކުގެ އަދަދު ދުވާލެއްގެ މައްޗަށް ސަތޭކައިން މައްޗަށް ދިޔަނަމަވެސް ފަތުރުވެރިންގެ މެދުގައި ބަލި ޖެހޭ މީހުންގެ އިންސައްތަ މިހާރު ހުރީ 0.22 އިންސައްތައިގަ އެވެ.

މާލޭގައި ކޭސްތައް އިތުރުވުމަކީ އަނެއްކާވެސް ކަންބޮޑުވާކަމެއް ކަމަށާއި މާލޭ އޭރިއާގެ ގެސްޓް ހައުސްތައް އެހާ ފަހުން ހުޅުވި އަދި ގެސްޓް ހައުސްތަކަށް އޮކިއުޕެންސީއެއް ލިބުނުތަނުން މާލޭގެ ކޭސްތައް މައްޗަށްދާން ފެށުމަކީ ފުދޭވަރެއްގެ ބޮޑު ގޮންޖެހުމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ ޑރ. މައުސޫމް ވިދާޅުވީ، ޓޫރިޒަމް ދާއިރާއަށް ކަނޑައެޅި ގައިޑްލައިންތަކަކީ ފަތުރުވެރިންނާއި އަދި އާއްމުންގެވެސް ރައްކާތެރިކަން ކަށަވަރު ކުރުމަށް ހެދިފައިވާ ގައިޑްލައިންތަކެއް ކަމަށްވެފައި މިހާތަނަށް އައިއިރު ގައިޑްލައިންތަކަށް ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނުން ވަރަށް ފުރިހަމައަށް ޢަމަލުކުރަމުންދާކަމަށެވެ.

ގުދުރަތީގޮތުންވެސް ރާއްޖެ އުފެދިފައިވާގޮތުން، ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރިކަމާއެކު ޗުއްޓީ ހޭދަކުރުމަށް އެންމެ އެކަށީގެންވާ އެއް މަންޒިލްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ދިވެހިރާއްޖެއަކީ ކޮވިޑް-19 ގެ ޙާލަތުގައިވެސް ފަތުރުވެރިކަން ހިންގި ޤައުމެއްގެގޮތުގައި މިހާރު މަޝްހޫރުވެފައިވާކަމަށާއި ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރިކަމާއެކު ޗުއްޓީ ހޭދަކުރުމަށް އެންމެ އެކަށީގެންވާ އެއް މަންޒިލްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: