ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ އަހަރު ފަނޑިޔާރުންނާ ގުޅޭ 288 ޝަކުވާ ހުށަހެޅި

ޝެއާރކޮށްލާ ކަހަލަދޯ؟

ފަނޑިޔާރުންނާއި ގުޅޭ 288 ޝަކުވާއެއް މިދިޔަ އަހަރު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅާފައިވާ ކަމަށ ނިމުނު އަހަރުގެ ތަފާސްހިސާބުން ދައްކައިފިއެވެ.

2019 ވަނަ އަހަރު އެ ކޮމިޝަނަށް ހުށަހަޅާފައިވަނީ 114 ޝަކުވާއެކެވެ. އެހެންނަމަވެސް ނިމުނު 2020 ވަނަ އަހަރު ވަނީ 288 ޝަކުވާ އެއް ހުށަހަޅާފަ އެވެ.

މިދިޔަ އަހަރު ފެށިއިރު އެ ކޮމިޝަނުން ނުނިމި ހުރީ 73 މައްސަލައެކެވެ. އަދި މިދިޔަ އަހަރު 41 މައްސަލައެއް ތަހުގީގު ކުރަން ފިށިއިރު، 54 މައްސަލައެއްގެ ތަހުގީގު ޖޭއެސްސީން ވަނީ މިދިޔަ އަހަރު ނިންމާފައެވެ. މިދިޔަ އަހަރު ޖޭއެސްސީން ނިންމި 54 މައްސަލައިގެ ތެރެއިން 26 އިންސައްތަ މައްސަލަ ސާބިތުވެފައެއް ނުވެއެވެ.

ޖޭއެސްސީން ވަނީ 2019 ވަނަ އަހަރަށްވުރެއް 3.5 ގުނަ އިތުރަށް 2020 ވަނަ އަހަރު ޖަލްސާތައް ބާއްވާފައެވެ. އެގޮތުން ޖުމުލަ 95 ޖަލްސާއެއް ޖޭއެސްސީން މިދިޔަ އަހަރު ބާއްވާފައިވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: