ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ ޓީވީއަށް އުޅަނދު ދޫކުރީ އިޖުމާއީ ހިދުމަތެއްގެ ގޮތުގައި: އެމްއެންޑީއެފް

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގެ ޝޫޓިންގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ގިނަ އުޅަނދުތަކެއް ދޫކޮށްފައި ވަނީ ސިފައިންގެ އިޖުތިމާއީ ހިދުމަތެއްގެ ގޮތުގައި ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގެ ޝޫޓިންގައި ސިފައިންގެ އުޅަނދުތަކާއި ވަސީލަތް ބޭނުންކުރީ ކޮން އުސޫލަކުންތޯއާއި އެފަދަ ފުރުސަތެއް އެހެން މީޑިއާތަކަށް އޮތްތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން އާޒިމް ވިދާޅުވީ މިއީ ޒަމާނުންސުރެ ވެސް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން އަމަލުކުރަމުން އައި ގޮތްކަމަށެވެ.

އަދި މިއީ ރައްޔިތުންނާއި ދިވެހި އަސްކަރިއްޔާއާ ދެމެދު އޮންނަ ބަދަހި ގުޅުމާއި އިތުބާރު، އިތުރަށް ބަދަހިކޮށް ދެމެހެއްޓުމުގެ މާތް މަޤްޞަދުގައި، ސިފައިން ފޯރުކޮށްދެމުންދާ އިޖްތިމާއީ ހިދުމަތެއް ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

ރާއްޖެ ޓީވީން އަންނަ ރޯދަމަހު ގެނެސްދިނުމަށް ތައްޔާރުކުރާ ޕްރޮގްރާމެއްގެ ޝޫޓިންގައި އިންޑިއާއިން ދިވެހި ސިފައިންނަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރ ބޭނުންކުރުމުން ގިނަބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.

ވަރަށް ގަދަ
44%ވަރަށް ގަދަ 22%ވަރަށް ގަޔާވޭ 22%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 11%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: