ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިޚާބަށް އަލުން ކުރިމަތިލުމަށް ހުޅުވައެއް ނުލާނެ: އިލެކްޝަންސް ކޮމިޝަން

ޑީއާރްޕީ އާއެކު އިލެކްޝަންސް ކޮމިޝަނުން ބައްދަލުކުރަނީ: ފޮޓޯ / އީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެންޑިޑޭޓުން ނަން އަނބުރާ ގެންދިޔަނަމަވެސް އަލުން އިންތިޚާބަށް ހުޅުވައެއް ނުލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަން ކޮމިޝަނުން ބޭއްވި ޤައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިޚާބުގައި ކުރިމަތިލާފައިވާ ކެންޑިޑޭޓުން ނަން ނެގިޔަސް އެ މަޤާމުތަކަށް ފުރުސަތު ހުޅުވާލެވެން ނެތްކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރަނީ 982 ކެންޑިޑޭޓުންނެވެ. އެގޮތުން އެމްޑީޕީން 875 ކެންޑިޑޭޓުން ކުރިމަތިލާފައިވާއިރު، ޕީޕީއެމް އިން 678 ކެންޑިޑޭޓުންވާދަކުރެއެވެ. އަދި އެހެންނިހެން ޕާޓީތަކުން 150 އެއްހާ ކެންޑިޑޭޓުންނާއި، އަމިއްލަ ގޮތުން 681 ކެންޑިޑޭޓުން ކުރިމަތިލާފައިވެއެވެ.

އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ތެރެއިން މިހާތަނަށް 100 ކެންޑިޑޭޓަކު ވަނީ ނަން ނަގާފައެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން 60 އަށްވުރެ ގިނަ ކެންޑިޑޭޓުން ވަނީ ނަން ނަގާފައެވެ. ޝަރީފް ވިދާޅުވީ މީގެ ތެރެއިން 100 ކެންޑިޑޭޓުން ނަން ނެގުމަކީ ގިނަ އަދެއް ނޫންކަމަށެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް 930 ކެންޑިޑޭޓަކު އިންތިޚާބު ކުރަންޖެހޭއިރު އެމްޑީޕީގެ 718 ކެންޑިޑޭޓުންނާއި، ޕީޕީއެމްގެ 515 ކެންޑިޑޭޓުންނާއި، އެހެނިހެން ޕާޓީޓަކުން 80 ވަރަކަށް ކެންޑިޑޭޓުންގެ އިތުރުން މިނިވަންކޮށް ވާދަކުރާ 417 ކެންޑިޑޭޓުން ހިމެނެއެވެ. ނަމަވެސް މީގެ ތެރެއިން އެމްޑީޕީގެ 40 ކެންޑިޑޭޓަކާއި، ޕީޕީއެމްގެ 3 ކެންޑިޑޭޓަކާއި، މިނިވަން 20 ކެންޑިޑޭޓަކުވަނީ ނަން އަނބުރާ ގެންގޮސްފައެވެ.

ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ނަން އަބުރާ ނެގޭނެ އެންމެ ފަހުގެ ތާރީހު ހުކުރު ދުވަހު އިއުލާން ކުރާނެކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ. އިލެކްޝަންސް ކޮމިޝަނުން މިހާރު ނިންމާފައި އޮތީ، ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އޭޕްރިލްމަހުގެ 10 ވަނަދުވަހު ބޭއްވުމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ ގައިޑްލައިނާ އެއްގޮތަށް އިންތިޚާބު ބާއްވަން ދަތިތަކެއް އެބަހުރި ކަމަށެވެ. އެ ގައިޑްލައިނާ އެއްގޮތަށް އިންތިޚާބު ބާއްވަން، މިހާރު ކަނޑައަޅާފައިވާ ބަޖެޓަށް ވުރެން އިތުރު 44.9 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.

އީސީގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ ގައިޑްލައިނާ އެއްގޮތަށް އިންތިޚާބު ބާއްވަން ހުރި އުނދަގޫތައް ރައްޔިތުންގެ މަޖިލީހާ ހިއްސާކުރާނެ ކަމަށެވެ. ދަތިތައް ހުއްޓަސް ކޮމިޝަނުން މަސައްކަތް ކުރާނީ މިހާރު އިއުލާންކޮށްފައިވާ ތާރީޚުގައި އިންތިޚާބު ބާއްވައި ނިންމަން ކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: