ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިޚާބު ގައިޑްލައިން: ރަށްރަށަށްދާ މީހުން ކަރަންޓީން ވާންޖެހޭނެ!

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ އުސޫލުގެ ކެމްޕޭނަށް ރަށްރަށަށް ދާ މީހުން 10 ދުވަހު ކަރަންޓީނު ވާންޖެހުމާއި އެއްވުންތައް ނުބާއްވައި އޮންލައިން ޕްލެޓްފޯމުތަކުން ކެމްޕެއިން ކުރަން ހިމަނައިފި އެވެ.

އެޗްޕީއޭ އިން އެކުލަވާލާފައިވާ އުސޫލުގެ ޑްރާފްޓުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރަން ހަރުކަށި ފިޔަވަޅުތަކަކަށް އަމަލުކުރަން  ގައިޑްލައިންގައިވަނީ ލާޒިމުކޮށްފަ އެވެ.

އެޗްޕީއޭ އިން އާންމުކޮށްފައިނުވާ އުސޫލުގައި އުސޫލުގައި ލޯކަލް ކައުންސިލް އިންތިހާބުގައި އިލެކްޝަންސް ކޮމިޝަނުން އަމަލު ކުރާނެ ގޮތާއި ތާއީދު ހޯދުމަށް ކެންޑިޑޭޓުން އަމަލުކުރާނެ ގޮތް ބަޔާންކޮށްފައިވެ އެވެ

ކެންޑިޑޭޓުން ތާއީދު ހޯދުމަށް އެއްރަށުން އަނެއް ރަށަށް ދަތުރުކުރާނަމަ އެޗްޕީއޭއިން އެކުލަވާލާފައިވާ ކަރަންޓީނު ކުރުމުގެ އުސޫލަށް އަމަލު ކުރަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވުމުގެ އިތުރުން މޮނިޓަރިންގެ ހާލަތުގައި ވާ ރަށެއްގައި ސިޔާސީ ހަރަކާތް ހިންގުމަށް ގޭގެއަށް ޒިޔާރަތްކޮށްގެން ނުވާނެ ކަމަށް ބުނެފައިވެ އެވެ.

މާލެ އިން މީހުން ގޮސް ރަށްރަށުގައި ކެމްޕޭން ހަރަކާތެއް ބޭއްވޭނީ ކަރަންޓީނުގެ 10 ދުވަހުގެ މުއްދަތު ހަމަވެ، ބަލި ފެތުރުމުގެ ފުރުސަތު ނެތް ކަން ކަށަވަރުވުމުން ކަމަށް އުސޫލުގައިވެއެވެ. އަދި ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށްޓަކައި ގޭގެއަށް ޒިޔާރަތްކުރާއިރު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ދެ މީހުންނަށްވުރެ ގިނަ މީހުން ނުދިޔުން އުސޫލުގައިވެއެވެ.

ގައިޑްލައިންގައި އެޗްޕީއޭ އިން ލަފާ ދީފައި އޮތީ ގޭގެ އަށް ގޮސްގެން ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގެ ބަދަލުގައި އޮންލައިން ޕްލެޓްފޯމްތައް އިޚްތިޔާރު ކުރުމަށެވެ.

މީގެ އިތުރުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުން ވޯޓްލާން ދިޔުމުގައިވެސް އުސޫލުތަކެއް ކަނޑައަޅާފައިވެއެވެ. އެގޮތުން ޕޮޒިޓިވް ވެފައިވާ މީހުންނާއި އެމީހުންނާ ކޮންޓެކްޓް ވެފައިވާ ފަރާތްތައް އަދި ކޮވިޑްގެ އަލާމާތްތައް ހުންނަ ފަރާތްތައް ވޯޓުލުމަށް ހާއްސަ ވެހިކަލެއް އިންތިޒާމު ކުރަން ޖެހޭނެ ކަމަށް އުސޫލުގައި ވަނީ ބުނެފަ އެވެ.

އެމީހުން ވޯޓުލާން ވަކި ގަޑިއެއް ހާއްސަ ކުރުމަށްވެސް އުސޫލުގައި ބުނެފައިވެ އެވެ. އަދި އެމީހުން ވޯޓުލާން ދާއިރު އެއްވެސް ގޮތަކަށް ޕަބްލިކް ޓްރާންސްޕޯޓް ބޭނުންކޮށްގެން ނުވާނެ ކަމަށް ބުނެފައިވެ އެވެ.

ވޯޓުލާ މަރުކަޒުވެސް ހުންނަން ޖެހޭނީ އެ އުސޫލުގައި ބުނާ ގޮތަށް ތައްޔާރުކޮށްފައި ކަމަށް ބުނެފައިވެ އެވެ. އެގޮތުން ތަނަށް ވަންނަ ދޮރު ކައިރީގައި ސެނިޓައިޒާ ބެހެއްޓުމާއި އެ ބޭނުން ކުރަން އިރުޝަދު ދިނުން، މަދުވެގެން ތިން ފޫޓު ދުރުމިނުގައި ގޮނޑިތައް އަތުރާފައި ހުރުން، ހޯލުގައި ވައި ދައުރު ވާނޭހެން ދޮރުތައް ހުޅުވާފައި ބެހެއްޓުން ހިމެނެ އެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު ބޭއްވުމަށް މިހާރު އޮތް ބަޖެޓަށްވުރެ އިތުރަށް45 މިލިޔަން ރުފިޔާ ބޭނުންވާކަމަށް އިލެކްޝަން ކޮމިޝަނުންވަނީ ބުނެފައެވެ.

އިލެކްޝަން ކޮމިޝަންގެ ޤާއުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަންގެ މެމްބަރު ފުއާދު ތައުފީގު ވިދާޅުވީ އިންތިޚާބު ބެއްވުމަށް މިހާރު ލިބިފައިވަނީ 51 މިލިޔަން ރުފިޔާގެ ބަޖެޓެއްކަމަށެވެ. ނަމަވެސް މި އިންތިޚާބު ބޭއްވުމަށް މިހާރު އޮތް ގައިޑްލައިންގެ ތެރެއިން އިންތިޚާބު ބޭއްވުމަށް އިތުރަށް 45 މިލިޔަން ރުފިޔާގެ ބަޖެޓެއް ބޭނުންވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: