ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުން ބޭނުންވަނީ މި ސަރުކާރު އޮތުމަށްވުރެ ނެތުން: އާދަމް ޝަރީފް

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު. ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ރައްޔިތުން ބޭނުންވަނީ މި ސަރުކާރު އޮތުމަށްވުރެ ނެތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް އިންޑިޔާއިން ގެނެސްފައިވާ ވެކްސިން ޖެހުމާއި ދެކޮޅަށް، ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، މިއަދު ސަރުކާރެއް އޮތް ނަމަވެސް، އެއީ ރައްޔިތުން އެދޭފަދަ ޚިދުމަތްތަކެއް ދެމުންދާ ސަރުކާރެއް ކަމަކަށް ރައްޔިތުން ބަލައެއް ނުގަންނަ ކަމަށެވެ.

ޝަރީފް ވިދާޅުވީ ރައްޔިތުން އެދޭ ފަދަ ޚިދުމަތްތަކެއް ނުދެވުމުގެ ސަބަބުން، މިސަރުކާރު އޮތުމަށްވުރެ ނެތުން އެއީ މިއަދު ރައްޔިތުން މާ ބޭނުންވާ ކަމެއް ކަމަށެވެ. ރައްޔިތުން އެގޮތަށް ބޭނުންވި ނަމަވެސް އިދިކޮޅުން ގަބޫލުކުރަނީ ވެރިކަން ބަދަލުވާންޖެހޭނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.

ކޮވިޑްގެ މިހާލަތުގައިވެސް ސަރުކާރުން ކަންކަން ކުރެއްވުމުގައި ވަރަށް ޒިންމާދާރުކަން ކުޑަކަމަށާއި އަދި ރައްޔިތުންނަށް އިރުޝާދު ދިނުމުގައިވެސް ވަރަށް ބޮޑަށް އޮޅުން އަރާ ގޮތަށް ކަންކަން ކުރަމުންދާ ކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވި ގޮތުގައި ދަންވަރު ބާރައިން ފަތިހު ހަތަރަށް ރާއްޖޭގައި އުޅެނީ ކޮންވައްތަރެއްގެ ކޮވިޑެއް ކަމެއް މިހާތަނަށް ސަރުކާރަކަށް ބުނެދެވިފައެއް ނެތެވެ.

ޝަރީފް އިދކޮޅު ފަރާތްތަކުން ކުރާ އިހުތިޖާޖުތަކަކީ ހަމައެކަނި އެ ޕާޓީތަކުގެ ރޫހެއް ނޫން ކަމަށާއި އެއީ ރާއްޖެ ދިފާއު ކުރުމުގެ ރޫހުގައި ރައްޔިތުންނާއި ގުޅިގެން ކުރާ ކަމެއް ކަމަށެވެ. އަދި އިދިކޮޅު ފަރާތްތައް ހައްޔަރުކުރުމަކުންނެއް މިހާރު ހިންގާ ހަރަކާތްތަކަށް އެއްވެސް ހުއްޓުމެއް ނާންނާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ދުނިޔޭގައި ކަންހިނގަމުންދާ ގޮތަށް ބަލާއިރު، މިހާރު ފެންނަ މަންޒަރަކީ ސަރުޚާރެއް ވަރަށް ބޮޑަށް ބަލިކަށިވެ، ވެއްޓެމުންދާ ތަން ކަމަށް ޝަރީފް ވިދާޅުވިއެވެ.

“ސަރުކާރެއް އޮތުމަށްވުރެ ނެތުން މިއަދު ރައްޔިތުން ބޭނުންވާނީ، އެކަމަކު އަޅުގަނޑުމެން ގަބޫލު ކުރާ ގޮތަކީ ވެރިކަން ބަދަލުވާންޖެހޭނީ ޤާނޫނީ އިމުގެ ތެރެއިން ކަމަށް، ދުނިޔޭގައި ކަންހިނގަމުންދާ ގޮތަށް ބަލާއިރު، މިހާރު ފެންނަ މަންޒަރަކީ ސަރުޚާރެއް ވަރަށް ބޮޑަށް ބަލިކަށިވެ، ވެއްޓެމުންދާ ތަން” ޝަރީފް

ރާއްޖެއަށް އިންޑިޔާއިން ގެނެސްފައިވާ ވެކްސިން ޖެހުމާއި ދެކޮޅަށް އިދިކޮޅު ކޯލިޝަނުންވަނީ ހެލްތު މިނިސްޓްރީ ކައިރީގައި އިހުތިޖާޖުކޮށްފައެވެ.

އެއްވިމީހުންވަނީ ވެކްސިން ޖެހުމަށް ދިވެހި ރައްޔިތުން ދެކޮޅު ހައްދަވާކަމަށާއި، ވެކްސިންގެ މައުލޫމާތު ދިނުމަށް ގޮވާލާފައެވެ. އިދިކޮޅު އެކްޓިވިސްޓުން ހެލްތު މިނިސްޓްރީ ކުރިމަތީގައި އަޑުއުފުލާއިރު، އިދިކޮޅު އިސްބޭފުޅުން ވަނީ ހެލްތު މިނިސްޓަރާއި ބައްދަލު ކުރުމަށް މަަސައްކަތް ކޮށްފައެެވެ. ނަމަވެސް މިނިސްޓަރ ނަސީމު އިދިކޮޅު ލީޑަރޝިޕްގެ ބޭފުޅުންނާއި ބައްދަލުކުރުމަށް ފުރުސަތު ދެއްވާފައި ނުވެއެވެ.

ކޮވިޑް-19 ގެ ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭންޖެހޭ ކަމަށް ބުނެ ޕީޕީއެމް/ޕީއެންސީ އިން ހެލްތު މިނިސްޓަރު އަހްމަދު ނަސީމާ ބައްދަލުކުރަން ދިއުމުން އެކަން ނުވެ ދަރުބާރުގެ ދޮށަށް އެއްވެ އަޑުއުފުލަމުން ދަނިކޮށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އިންތިހާބު އަވަސްކުރުމަށް ގޮވާލައި އިދިކޮޅު އިއްތިހާދުން މިދިޔަ ހޯމަ ދުވަހު ކުރި މުޒާހަރާއާ އިން ވެސް އަދުރޭ އާއި ޝުޖާއު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

އިދިކޮޅު ފަރާތްތަކުން މިއަދު ގޮވާލީ އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރި ކޮވިޑް ވެކްސިން ކަމަށްވާ ކޮވިޝީލްޑަކީ ރައްކާތެރި އެއްޗެއް ކަމުގެ ޔަގީންކަން ދިނުމަށެވެ. އިދިކޮޅު ކޯލިޝަނުން މާލޭގައި މިހާރު ކުރަމުންދާ މުޒާހަރާތަކަކީ އެކޯލިޝަންގެ ކައުންސިލުން ނިންމާފައިވާ ސީދާ ހަރަކާތުގެ ތެރެއިން ހިންގަމުްދާ ހަރަކާތްތަކެކެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: