ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުޖުތަމައުގެ ރައްކަލަށްޓަކައި އިދިކޮޅު އެއްވުންތައް ހުއްޓާލުމަށަ ޒައިދު ގޮވާލައިފި

ޝެއިޙު އަލީ ޒައިދު..... ފޮޓޯ: ސަންގު ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ގެ ހާލަތު އަނެއްކާވެސް ގޯސްވަމުން އަންނަ މި ދަނޑިވަޅުގައި އިިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދާ ބޮޑެތި އެއްވުންތަކާއި، އިހުތިޖާޖުތައް ހުއްޓާލުމަކީ މުޖުތަމައުގެ ސަލާމަތައްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަމަށް ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޒައިދު ކުރެެއްވި ޓްވީޓެއްގަައި ވިދާޅުވީ މިއީ އެއްވެސް ޕާޓީއަކުން ސިޔާސީ ބޮޑެތި އެއްވުންތަކާއި، އިޚުތިޖާޖުތައް ބާއްވަން މުނާސަބު ވަގުތެއް ނޫންކަމަށެވެ. ކޮވިޑްގެ ނުރައްކާތެރިކަން ބޮޑުވެ ބަލިޖެހޭ މީހުން އިތުރުވަމުންދާއިރު އެއްވުންތަކާއި، އިޚުތިޖާޖުތައް ހުއްޓާލުމަކީ މިވަގުތަށް އެންމެ ރައްކާތެރި ގޮތްކަމަށް ޒައިދު ވިދާޅުވިއެވެ.

“މިއީ އެއްވެސް ޕާޓީއަކުން ބޮޑެތި އެއްވުންތައް ބާއްވައި އިޚުތިޖާޖުތައް ކުރަން މުނާސަބު ވަގުތެއްނޫން! ކޭސްތައް މައްޗަށްދާއިރު މިހާރު ކުރިއަށް ގެންދެވޭ ބޮޑެތި އެއްވުންތައް ހުއްޓާލުމަކީ މުޖުތަމައުގެ ރައްކާތެރިކަމަށް ޕީޕީއެމް ޕީއެންސީ އިން ކޮންމެހެންވެސް ކޮށްދެއްވަންޖެހޭ ކަމެއްކަމުގައި ދެކެން!” ޒައިދު ވިދާޅުވިއެވެ.

ކޮވިޑްގެ ކޭސްތައް އަނެއްކާވެސް އިތުރުވާން ފާށާފައިވާއިރު، އިދިކޮޅު ފަރާތްތަކުން ދަނީ މާލޭގައާއި، އަތޮޅުތަކުގައި ރައީސް ޔާމީން މިނިވަންކުރުމަށާއި، އިންތިޚާބު އަވަސް ކުރުމަށް ގޮވާލައި އިޚުތިޖާޖު ކުރަމުންނެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: