ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުގެ ފޮނި ނަތީޖާ ފެނުމުން ހިތްވަރުލިބޭ: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރަޕްޝަނާ ދެކޮޅަށް މި ސަރުކާރުން ލ ކުރާ މަސައްކަތުގެ ފޮނި ނަތީޖާ ފެންނާތީ އުފާކުރާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފަިއވަނީ ޤައުމުތަކުގައި ކޮރަޕްޝަން އަށަގަނެފައިވާ މިންވަރު ދެނެގަތުމުމަށް ޓްރާންޕޭރެންސީ އިންޓަރނޭޝަނަލްގެ ފަރާތުން ކޮންމެ އަހަރަކު ތައްޔާރުކުރާ ކޮރަޕްޝަން ޕާރސެޕްޝަން އިންޑެކްސް (ސީޕީއައި)ގައި ރާއްޖެ 14 ޕޮއިން މައްޗަށް ޖެހިލުމާއި ގުޅިގެންނެވެ.

އެގޮތުން ރައީސް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ކޮރަޕްޝަން ހުއްޓުވަން ކުރާ މަސައްކަތް ނިމުމަށް އަދި ގާތް ނުވި ނަމަވެސް، ކުރާ މަސައްކަތުން ރަނގަޅު ނަތީޖާއެއް ފެންނަމުންދިޔުމަކީ ލިބޭ ހިތްވަރެއްކަމަށެވެ.

މިދިޔަ އަހަރުގެ ސީޕީއައިއިން ދައްކާގޮތުގައި 43 ޕޮއިންޓާއެކު ރާއްޖެ އޮތީ 183 ގައުމުގެ ތެރެއިން 73 ވަނައިގައެވެ. 2019 ވަނަ އަހަރާއި އަޅާ ބަލާއިރު މިއީ 14 ޕޮއިންޓްގެ ކުރިއެކުމެވެ. އަދި ގައުމުތަކުގެ ތަރުތީބު ކުރުމަށް ބަލާއިރު މިއީ 55 ދަރަޖައިގެ ކުރިއެރުމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: