ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓްރާޒެނެކާ ވެކްސިން ޖަހަން އަޅުގަނޑު ވަރަށް ބޭނުން: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އިން ރައްކާތެރިވުމަށް އިންޑިއާ އިން ރާއްޖެއަށް ދިން އެސްޓްރާޒެނެކާ ވެކްސިން ޖައްސަވަން ވަރަށް ބޭނުންފުޅުވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީގެ ސައިންސްވެރިންނާއި ސިންގަޕޫރުގެ އެކްސްޓްރާޒެނަކާއިން ތައްޔާރުކޮށް، އިންޑިއާގެ ސީރަމް އިންސްޓިއުޓުން އުފައްދާ ކޮވިޝީލްޑް ވެކްސިން ރާއްޖެ ގެނެސްފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ. މި ވެކްސިންގެ 100000 ޑޯޒް އިންޑިއާއިން ރާއްޖެއަށް ހިލޭ ދީފައިވެއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވީހާވެސް އަވަހަކަށް އެ ވެކްސިން އެމަނިކުފާނަށް ލިބި، އެމަނިކުފާނުގެ ކިބައިން އެއްވެސް މީހަކަށް ކޯވިޑް ބަލި ނުޖެހުން ކަމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

“އަޅުގަނޑު އެދެނީ ވީހާވެސް އަވަހަކަށް އަޅުގަނޑަށް ވެކްސިން ލިބި، އަޅުގަނޑުގެ ފަރާތުން ވެސް އެއްވެސް މީހަކަށް ބަލި ނުޖެހި، އަޅުގަނޑު ވެސް ރައްކާތެރިވެ، އެންމެން މިކަމުން ސަލާމަތްވުން” ރައީސް ނަޝީދު

ވެކްސިން ޖައްސަވަން ބޭނުންފުޅުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު، ރާއްޖެއަށް މިވަގުތު ގެނެސްފައިވާ ވެކްސިނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ފުރިހަމަ ހުއްދަ ލިބިފައިވާ ވެކްސިނެއް ނޫންކަމަށެވެ. އަދި ސިއްހީ ކަންކަމަކީ އަވަސް އަރުވާލައިގެން ނުވަތަ ކޮންމެ ގޮތަކަށް ކަންތައް ވިޔަސް ހެޔޮވާނެކަމަށް ބަލައިގެން ތިބެވޭނެ ވަރުގެ ކަންކަން ނޫންކަމަށް އިކޮޅުން ބުނެފައިވެއެވެ.

ރާއްޖެއަށް އިންޑިޔާއިން ގެނެސްފައިވާ ވެކްސިން ޖެހުމާއި ދެކޮޅަށް އިދިކޮޅުން ހެލްތު މިނިސްޓްރީ ކުރިމަތީގައި އަޑު އުފުލާފައިވެއެވެ. އިހުތިޖާޖުގެ ބައިވެރިން ގޮވާލާފައި ވަނީ ވެކްސިން ޖެހުމަށް ދިވެހި ރައްޔިތުން ދެކޮޅު ހައްދާ ކަމަށާއި، ވެކްސިންގެ މައުލޫމާތު ދިނުމަށެވެ.

އިދިކޮޅު އެކްޓިވިސްޓުން ހެލްތު މިނިސްޓްރީ ކުރިމަތީގައި އަޑުއުފުލާއިރު، އިދިކޮޅު އިސްބޭފުޅުން ވަނީ ހެލްތު މިނިސްޓަރާއި ބައްދަލު ކުރުމަށް މަަސައްކަތް ކޮށްފައެެވެ. ނަމަވެސް މިނިސްޓަރު ނަސީމު އިދިކޮޅު ލީޑަރޝިޕްގެ ބޭފުޅުންނާއި ބައްދަލުކުރުމަށް ފުރުސަތު ދެއްވާފައި ނުވެއެވެ.

ދުނިޔޭގައި ވެކްސިން އުފައްދާ އެންމެ ބޮޑު ކުންފުނި ސީރަމް އިން އުފެއްދި ކޮވިޝީލްޑަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން އަދި ހުއްދަ ދީފައެއް ނުވެއެވެ. އެކަމަކު، ސީރަމް ކުންފުނިން ވަނީ ވެކްސިންގެ ހުއްދަ އަށް އެދި ޑަބްލިއުއެޗްއޯ އަށް ހުށަހަޅައިފައެވެ.

ކޮވިޝީލްޑްއަކީ އިންޓްރާ-މަސްކިއުލާ އިންޖެކްޝަންގެ ދެ ޑޯޒް ޖަހަން ޖެހޭ ވެކްސިންއެކެވެ. ދެވަނަ ޑޯޒް ޖަހަން ޖެހޭނީ ފުރަތަމަ ޑޯޒް ޖެހުމުގެ 4-12 ހަފްތާ ފަހުންނެވެ. އަދި 18 އަހަރުން ދަށުގެ ކުޑަކުދިންނާއި މާބަނޑު އަންހެނުން، އަދި ގާތުން ކިރުދޭ މައިންނަށް މި ވެކްސިން ދިނުމުގެ ކުރިން ހާއްސަ ސިއްހީ ތަހުލީލުތަށް ކުރަންޖެހެއެވެ.

ކޮވިޑް-19 އާ ގުޅިގެެން ވެކްސިން ޖަހަން ރަޖިސްޓްރީ ކުރި މީހުންގެެ އަދަދު 20،000 އަށް ވުރެ އިތުރުވެެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެެންސީ (އެޗްޕީއޭ) އިން އިއްޔެ ވަނީ ހާމަކޮށްފައެވެ. ކޮވިޑް-19 އާ ގުޅިގެން ވެކްްސިން ޖެހުމަށް ހުޅުވާލާފައި ވަނީ މިދިޔަ މަހުގެ ތެރޭގައެވެ.

އިންޑިއާ އިން ވަނީ މި ވެކްސިން އަވަށްޓެރި ގައުމުތަކަށާއި ބޮޑެތި ގައުމުތަކަށް ވެސް ފޮނުވަން ފަށައިފައެވެ. އޭގެ ތެރޭގައި ބްރެޒިލް، މޮރޮކޯ، ދެކުނު އެފްރިކާ، ސްރީ ލަންކާ، ބަންގްލަދޭޝް، ނޭޕާލް، ބޫޓާން، މިޔަންމާ، ސީޝެލްސް، މޮރިޝަސް ފަދަ ގައުމުތައް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: