ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމީނީ މަގު ސަރަހައްދުން ކާރު، ޕިކަޕްގެ ޕާކިން ކުލި މަހަކު 1500 ރުފިޔާއަށް!

އަމީނީ މަގާއި ގުޅިފައިވާ ގޯޅިތަކުން ހަތަރު ފުރޮޅުލީ އުޅަނދުފަހަރަށް 292 ޖާގަ ވިއްކުމަށް ވަނީ ހަމަޖައްސާފައި
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ އަމީނީ މަގުގެ ދެކުނުގައިވާ މަގުތަކާއި ގޯޅިތަކުގައިވާ ޕާކިންގް ޒޯންތައް ކުއްޔަށް ދޫކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މީޑިޔާތަކަށް މައުލޫމާތު ދެމުން މާލެ ސިޓީ ކައުންސިލުން ބުނީ އަމީނީ މަގާއި ގުޅިފައިވާ ގޯޅިތަކުން ހަތަރު ފުރޮޅުލީ އުޅަނދުފަހަރަށް 292 ޖާގަ ވިއްކުމަށް ހަމަޖައްސާފައިވާ ކަމަށެވެ. މި ޒޯނުން ޖާގަ ދޫކުރަނީ ހަތަރު ފުރޮޅުލީ އުޅަނދުފަހަރުގެ ތެރެއިން ކާރަށާއި އަދި 350 ކިލޯއިން ފެށިގެން ދަށުގެ ޕިކަޕަށް ކަމަށް ސިޓީ ކައުންސިލުން މައުލޫމާދެއެވެ.

ސިޓީ ކައުންސިލުން ބުނީ ކުއްޔަށް ދޫކުރާ އުސޫލުން ޖާގަ ދޫކުރުމަށް ނިންމާފައިވަނީ އެ މަގާއި ގުޅިފައިވާ 13 ގޯޅިއާއި މަގަކުން ކަމަށެވެ. އެއީ ތަބުރޭޒީ ހިނގުމާއި، ފަޅުމަތީމަގާއި، މާނިފާ ހިނގުމާއި، ދޮންއަދަރާދަ ހިނގުމާއި، ކޮއިމަލާ ހިނގުމާއި، ރެހެންދި ހިނގުމާއި، ރަށްދެބައި ހިނގުމާއި، އައިމިނާ ރަނި ހިނގުމާއި، ވައިދެރި ހިނގުމާއި، މާފަތްކިލެގެފާނު ހިނގުމާއި، ހުދުފަޅު ހިނގުމާއި، ހިލާލީ މަގާއި، އުޖާލާ ހިނގުމުންނެވެ. މަގުމަތިން ވިއްކާ ޕާކިންގް ސްލޮޓެއްގެ އަގަކީ މަހަކު 1500 ރުފިޔާއެވެ.

މާލޭ ސިޓީ ކައުންސިލުން ހުޅުވާލާ ޕާކިންގް ސްލޮޓްތަކުން ޖާގަ ދޫކުރާނީ މާލޭ ސިޓީއަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކަށެވެ. އަދި ޖާގަ ދޫކުރާނީ އެފަހަރަކު ހުޅުވާލާ ޖާގަތަށް ހުސްވަންދެންކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. އަދި ހުޅުވާލެވޭ ފުރުސަތުގެ ދަށުން ލިބޭ ޕާކިންގް ސްލޮޓްގައި ޕާކް ކުރެވޭނީ އެ ސްލޮޓަކަށް ހަމަޖެހުނު އުޅަދަށް އެކަނި ކަމަށާއި ބަދަލުގައި އެހެން އުޅަނދެއް ޕާކް ނުކުރެވޭނެކަމަށް ވެސް ކައުންސިލުން މައުލޫމާތުދެއެވެ.

ސިޓީ ކައުންސިލްގެ ޕާކިންގް ސްލޮޓްތަކަށް އެދި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާއިރު ފުރިހަމަ ކުރަންޖެހޭ ކަންތައްތަކުގެތެރޭގައި، ވެރިފަރާތް ނޫން އެހެން ފަރާތަކުން ހުށަހަޅާނަމަ ޕަވަރ އޮފް އެޓަރނީގެ ލިޔުން ހުށަހެޅުން ނުވަތަ އެއްބަސްވުމުގެ ކޮޕީއެއް ހުށަހެޅުން، ރޯޑް ވާދިނަސް އަދި އަހަރީ ފީގެ ލިޔުންތައް ހުށަހެޅުމާ، އިންޝުއަރެންސް ލިޔުން ހުށަހެޅުން ހިމެނެއެވެ.

އަމީނީ މަގާ ގުޅިފައިވާ ގޯޅިތަކުން ހަތަރު ފުރޮޅުލީ އުޅަނދުފަހަރަށް ޕާކިންގް ސްލޮޓްތައް ގަތުމަށް ހުށަހަޅާނީ މާލޭ ސިޓީ ކައުންސިލުން އެކަމަށް ޚާއްޞަކޮށްފައިވާ ”ޕާކިން ޕޯޓަލް“ މެދުވެރިކޮށެވެ. ޕާކިން ޕޯޓަލް ވަނީ ސިޓީ ކައުންސިލްގެ ވެބްސައިޓްއާ ގުޅުވާފައެވެ. ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަނީ 2021 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހުގެ މެންދުރު 13:00 ގައެވެ. އަދި އެވަގުތުން ފެށިގެން ޖާގަ ހުސްވަންދެން ޕާކިން ސްލޮޓްތައް ގަތުމަށް ހުށައެޅޭނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ޖާގައަށް އެދޭ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ މައުލޫމާތާއި ހަމަކުރަންޖެހޭ ލިޔެކިޔުންތަކުގެ މައުލޫމާތު ޕޯޓަލްގައި ވަނީ ހިމަނާފައެވެ. ޕާކިން ޕޯޓަލްގައި މިހާރުވެސް ރަޖިސްޓްރީކުރެވޭނެއެވެ.
މާލޭގެ ބައެއް ސަރަޙައްދުތަކުން ވަކި ވަގުތަކަށް ޕާކްކުރަން ބޭނުންވާ ފަރާތްތަކަށް ”ޓައިމް ޕާކިން“ ސްލޮޓްތައް ހަމަޖެއްސުމަށްވެސް ސިޓީ ކައުންސިލުން ތައްޔާރުވަމުންދާކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ސިޓީ ކައުންސިލުން މިހާތަނަށްވަނީ 3 ސަރަޙައްދަކުން ޕާކިންގް ޖާގަ ދޫކޮއްފައެވެ. އެއީ ދަންޑަހިލު ގޯއްޗާއި، އަލިމަސް ކާނިވާ ސަރަޙައްދާއި ސަލްމާން މިސްކިތް ސަރަހައްދެވެ.

ވަރަށް ގަދަ
13%ވަރަށް ގަދަ 13%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 75%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: