ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދުރޭގެ ޝަރީއަތް: އެދުނީ ޖަވާބުދާރީވުމަށް އިތުރު ފުރުޞަތަކަށް

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކްރިމިނަލް ކޯޓު ސަރަހައްދުގައި ވާހަކަ ދައްކަވަނީ / ފޮޓޯ: ދަ ޕްރެސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުاللهގެ މައްޗަށް އުފުލާފައިވާ ދައުވާއަށް ޖަވާބުދާރީ ވުމުގެ ފުރުސަތު އަންނަ އަޑުއެހުމެއްގައި ދިނުމަށް ނިންމައިފިއެވެ.

މިއަދުގެ އަޑުއެހުން ފައްޓަވަމުން ގާޒީ ވަނީ މައްސަލައާއި ގުޅޭ ލިޔެކިޔުންތައް ލިބިފައިވޭތޯ އަބްދުއްރަހީމްގެ ވަކީލުންކުރެ އައްސަވާފައެވެ. ޖަވާބުގައި އަބްދުއްރަހީމްގެ ވަކީލުން ވިދާޅުވީ ލިޔެކިޔުންތައް ލިބުނީ މިއަދު ޝަރީއަތުގެ މާލަމަށް ވަތްފަހުން ކަމަށެވެ. އަދި މައްސަލައިގެ ލިޔެކިޔުންތައް ބަލާވެސް ނުލެވޭކަމަށް ވިދާޅުވިއެވެ.

އެއަށްފަހު ދައުވާ އިއްވެވުމުގެ ފުރުސަތު ދައުލަތަށް ދިނުމުން، ދައުލަތުގެ ވަކީލާ ވިދާޅުވީ އަބްދުއްރަހީމްގެ މައްޗަށް ދައުވާ އުފުލާފައިވަނީ ކްރިމިނަލް ކޯޓުގައި ކުރީގެ ރައީސް އަބްދުالله ޔާމީންގެ ޝަރީއަތް ކުރިއަށްދިޔަ ދުވަހު އެ މައްސަލަ ބައްލަވާ ފަސް ފަނޑިޔާރުންނަށް ނިސްބަތްކޮށް އަޑުގަދަކުރާ ބޭނުންކޮށްގެން ހަޑިހުތުރު ބަހުން ވާހަކަ ދައްކާފައިވާތީ ކަމަށެވެ. އެހެންކަމުން އަބްދުއްރަހީމްގެ މައްޗަށް ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުންކުރުމުގެ ދައުވާކުރާ ކަމަށެވެ.

ދައުލަތުން ދައުވާ އިއްވާ ދައުވާއަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ދިނުމުން އަބްދުއްރަހީމްގެ ވަކީލް ވިދާޅުވީ، މައްސަލައިގެ ލިޔެކިޔުންތައް މިއަދު ލިބިފައިވުމުން ދައުވާއަށް ޖަވާބުދާރީ ވުމުގެ ފުރުސަތު އަންނަ އަޑުއެހުމަކަށް ހައްދަވައިދެއްވުން އެދޭކަމަށެވެ. އަދި އެގޮތަށް އެދިފައިވަނީ ލިޔެކިޔުންތައް ބެލުމުގެ ފުރުސަތުވެސް ނުލިބޭތީކަން ވަކީލް ފާހަގަކުރެއްވިއެވެ.

އަބްދުއްރަހީމްގެ ވަކީލް އެގޮތަށް ފާހަގަކުރުމުން މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ދެން އަންނަ އަޑުއެހުމެއްގައި އޮންނާނީ ދައުވާއަށް ޖަވާބުދާރީ ވުން ކަމަށެވެ. އަދި ވީ އެންމެ އަވަހަކަށް އަޑުއެހުމެއް ޝެޑިއުލް ކުރުމަށްފަހު އަޑުއެހުމެއް ބާއްވާނެ ކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: