ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ މައްޗަށް އުފުލާފައިވަނީ ކުޅޭކުޅޭ ދައުވާއެއް ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މިއަދަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ”ރަނގަޅަށް ފިޓަށް ގޮށްސިކަން“ ހާމަވާ ދުވަހެއް ކަމަށެވެ.
އެގޮތުން ރައީސް ޔާމީންގެ ޝަރީއަތާއި އަބްދުއްރަހީމްގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށްދާކަން ފާހަގަކޮށް ޝިޔާމް ވިދާޅުވީ، އަބްދުއްރަހީމްގެ މައްޗަށް އުފުލާފައިވަނީ ކުޅޭކުޅޭ ދައުވާއެއް ކަމަށެވެ.
Miadhakee @ibusolih ge sarukaaru rangalhah fitah gossikan haamavaa dhuvaheh. Nuhaqqun Raees Yameen ge mahchah ufulaafaiva dhauwa aai vaadhaveri coalition hingevuma havaaluve hunnevi @Banafsaa ge mahchah ufulaafaiva kulheykulhey dhauwa ge shareeathuge adu ehun CC gai onna dhuvas.
— Ahmed Shiyam (@Shiyamaldives) January 31, 2021
އަދުރޭގެ މައްޗަށް ދައުވާ އުފުލާފައިވަނީ ކްރިމިނަލް ކޯޓުގައި ކުރީގެ ރައީސް އަބްދުالله ޔާމީންގެ މައްޗަށް ހުކުމް ކުރުން ކުރިއަށްދިޔަ ދުވަހު، އެ ސަރަހައްދުގައި ހުރެ އެ މައްސަލަ ބައްލަވާ ފަސް ފަނޑިޔާރުންނަށް ނިސްބަތްކޮށް އަޑުގަދަކުރާ ބޭނުންކޮށްގެން ހަޑިހުތުރު ބަހުން ވާހަކަ ދައްކާފައިވާތީއެވެ. އަބްދުއްރަހީމްގެ މައްޗަށް އުފުލާފައިވަނީ ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުންކުރުމުގެ ދައުވާއެވެ.

