ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަރަންކާ އިބްރާހިމް ރަޝީދު އަވަހާރަވެއްޖެ

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އިބްރާހިމް ރަޝީދު (ކަރަންކާ ރަޝީދު) ރައީސް އިބްރާހިމް ނާސިރުގެ އަރިހުގައި
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކޮށްދެއްވި، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އިބްރާހިމް ރަޝީދު (ކަރަންކާ ރަޝީދު) އަވަހާރަ ވެއްޖެއެވެ.

އިބްރާހިމް ރަޝީދު އަވަހާރަވީ އަވަހާރަވީ ވަރަށް ބޮޑަށް އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއް ވުމަށްފަހުއެވެ.

އިބްރާހީމް ރަޝީދަކީ ހުރަވީދަރިކޮޅުގެ ޝާހީ ރަސްކަމުގެ ޢާއިލާއާއި ވެރިކަމުގެ ޢާއިލާއިން ވަޑައިގެންނެވި ބޭފުޅެކެވެ. ބައްޕާފުޅަކީ އައްޝައިޚް މަލިމް މަނިއްޕުޅުގެ މުޙައްމަދު ދީދީއެވެ. މަންމަ އަކީ އައްނަބީލާ އާމިނަތު ޢަބުދުﷲ ދީދީ ގޮމާގެ އާމިނާ ދީދީ ނުވަތަ ނޫމަރާ ގަނޑުވަރު ގޮމާގެ އާމިނާ ދީދީ އެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 21 މާރޗް 1928 ގައެވެ. އިބްރާހީމް ރަޝީދު ތަޢުލީމް ޙާޞިލްކުރެއްވީ މަޖީދިއްޔާ ސްކޫލުންނެވެ. އަދި ސިލޯނުގައި ހުންނަވައިގެންވެސް ތައުލީމް ޙާޞިލް ކުރެއްވިއެވެ.

އަލްފާޟިލް އިބްރާހީމް ރަޝީދަކީ ފާހަގަކޮށްލެވޭފަދަ ޚިދުމަތްތަކެއް ސަރުކާރަށް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ދެކުނު 3 އަތޮޅު ސަރުކާރުން ވަކިވެ، ވަކި ދައުލަތެއް ހެދުމުން މިކަން ހަމަޖެއްސުމަށްޓަކައި އޭރުގެ ވަޒީރުލް އަޢުޒަމް އިބްރާހީމް ނާޞިރުގެ ލަފާފުޅުގެ މަތީން މަސައްކަތްކުރެއްވި މުރާލި ހީވާގި ބޭފުޅެކެވެ. މިމައްސަލަ ޙައްލުކުރުމަށް އައްޑު އަތޮޅަށް ފޮނުވި ވަފުދުގައިވެސް އިބްރާހީމް ރަޝީދު ހިމެނިވަޑައިގަތެވެ.

އިބްރާހީމް ރަޝީދު، ސަރުކާރުގެ ޚިދްމަތް ފަށްޓަވާފައިވަނީ، 24 ނޮވެމްބަރ 1942 ގައެވެ. 65 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދްމަތް ކުރައްވާފައިވެއެވެ. ފުރަތަމަ އަދާކުރެއްވީ، ރައްޔިތުންގެ ބޮޑު އިސްޓޯރުގެ ކާތިބު ކަމެވެ. ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް ސުމުއްވުލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ކާތިބެއްގެ ގޮތުން ޚިދްމަތްކުރައްވެވިއެވެ.

އިބްރާހިމް ރަޝީދު ފުރުއްވާފައިވާ އެހެން މަޤާމުތަކުގެ ތެރޭގައި މާބަނޑޭރި އޮފީހުގެ ރަދުންގެ ކާތިބުއްސިއްރު ކަމާއި، ވުޒާރަތުއް ދާޚިލިއްޔާގެ ވަޒީރުގެ ނައިބު ކަމުގެ މަޤާމާއި، ވުޒާރަތުލް މަޢާރިފުގެ ނައިބު ކަމުގެ މަޤާމާއި، ވަޒީރުލްއަޢުޡަމްގެ ޚާއްޞަ ސެކްރެޓަރީކަމާއި، ވަޒީރުލްއަޢުޡަމްގެ ނައިބު ކަމުގެ މަޤާމާއި، މިނސްޓަރ އޮފް ހެލްތު ކަމުގެ މަޤާމާއި، މިނިސްޓަރ އޮފް ހޯމްއެފެއާޒް ކަމުގެ މަޤާމު ހިމެނެއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ޒަޢީމްކަމާއި، ރައީސުލްޖުމްހޫރިއްޔާގެ މަޝްވަރާ މަޖިލީހުގެ މެންބަރުކަންވެސް އިބްރާހިމް ރަޝީދު ކުރައްވާފައިވެއެވެ. އިނގިރޭސީންގެ ޙިމާޔަތުގެ ދަށުން، ދިވެހިރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ހޯއްދަވައިދެއްވުމަށް ބޮޑުވަޒީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނުގެ އަރިހުގައި އެންމެ އިސްދައުރެއް އަދާކުރެއްވި އެއްބޭފުޅަކީ، އިބްރާހީމް ރަޝީދެވެ.

ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ ދަށުން ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދްމަތް ކުރައްވާފައިވާ ބޭފުޅުންނަށް ދެއްވި ޝަރަފުގެ ހަނދާނީ ފިލާވެސް އިބްރާހީމް ރަޝީދަށް ވަނީ ލިބިވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: