ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ކަންކަމަށްވުރެ އިޖްތިމާޢީ ކަންކަމަށް ސަމާލުކަންދޭންޖެހޭ!

މިއަދު އިދިކޮޅުން ބޭއްވި އެއްވުމުގެ ތެރެއިން-- ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ކުށްކުރުން އިތުރުވަމުންދާތީ، އެކަމުގެ ސަބަބުތައް ދެނެގަތުމަށް އެތަކެއް ރިޕޯޓެއް ނެރެފައިވެއެވެ. ކުށްކުރުން ފެށިގެން އަންނަ ގޮތާއި ކުށުގެ ވެއްޓެން މީހުން ހުށަހެޅޭ ބައެއް ސަބަބުންތައްވެސްވަނީ ދެނެގަނެވިފައވެ. ބައެއް ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާގޮތުގައި ރާއްޖޭގައި ކުށްކުރުން އިތުރުވަނީ އިޖްތިމާޢީ ސަބަބުތަކާ ހެދިއެވެ. ކުށްތައް އިތުރުވަނީ ޠަބީޢީ، އިޤްތިޞާދީ، ޘަޤާފީ ނުވަތަ އިޖްތިމާޢީ ހާލަތު ނިޔާކުރާގޮތުން ކަމުގައި ދިރާސާތަކުން ދައްކައެވެ. މީގެ އިތުރުން ބައެއް ދިރާސާތަކުގައި ކުށްކުރުން އިތުރުވާ މައިގަނޑު ސަބަބުތަކަކީ ކުށްވެރިން މުޖްތަމަޢަށް ވީއްލިފައި ނުވަތަ ދޫވެފައި ތިބުމާއި، ކުށްވެރިންނާމެދު އެކަށީގެންވާ ފިޔަވަޅު ނޭޅުމާއި، ޙައްޤު އަދަބު ނުދެވުމާއި، ޤާނޫނާއި ޤަވާއިދު ތަންފީޒު ނުކުރެވުންކަން ފާހަގަކޮށްފައިވެއެވެ.

ދުވަސްތަކަކަށްފަހު އަނެއްކާވެސް ރާއްޖޭގައި ކުށްކުރުން މިއަންނަނީ އާންމުވަމުންނެވެ. ވައްކަމާއި ފޭރުމާއި އަދި ރަހީނުކޮށްގެން ފައިސާ ހޯދުންފަދަ ކަންކަން ވަނީ އާންމުވާން ފަށާފައެވެ. މުޖްތަމަޢުގައި ކުށްކުރުން އެއްދުވަހުން އަނެއްދުވަހަށް އިތުރުވެ، އާއްމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަންއުފެދި، މުޅި މުޖުތަމަޢުގެ އަމަން އަމާންކަމާއި ސުލްހަ މަސަލަސްކަން ގެއްލެމުން ދިޔުމުގެ ސަބަބުން، އެތައްބަޔަކަށް އޭގެ ނޭދެވޭ އަސަރު ކުރަމުންދެއެވެ. ކުށްތައް އިތުރުވާ އިޖްތިމާޢީ ސަބަބުތަކުގެ ގޮތުގައި ފާހަގަކުރެވެނީ  މުޖްތަމަޢުގައި މަސްތުވާތަކެތީގެ ތަފާތު މައްސަލަތައް ގިނަވުމާއި، ބެލެނިވެރިންގެ އިހުމާލުންނާއި، ޒުވާނުން ކުރިއަރާނެ ދޮރުތައް ހުޅުވިފައި ނެތުމާއި އަގީދާގެ ބަލިކަށިކަމެވެ.

އިޖްތިމާޢީ ސަބަބުތަކާހުރެ ރާއްޖޭގައި ކުށްކުރުން އިތުރުވާއިރު މުޖުތަމަޢުގައި މިކަމުގެ ބިރުވެރިކަންވަނީ ވަރަށް ބޮޑުވެފައެވެ. މަގުމަތީގައި ދުވާލުގަޑީގައި އެކަނި ނިކުމެއުޅެން މީހުން ބިރުގަނެއެވެ. މާލޭގެ މަގުމަތީގައި ރޭގަނޑު އެކަނި ނިކުމެއުޅެން ބިރުގަންނަ މީހުން އަދި މާގިނައެވެ. މިއީ މާލޭގެ އިޖްތިމާއީ ރައްކާތެރިކަން ނެތްމިންވަރު އަންގައިދޭކަމެކެވެ. މަގުތައްމަތީގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަސްތުވާތަކެތި ބޭނުންކުރަމުން މިނިވަންކަމާއެކު އުޅެމުންދާ ދިއުމަކީ މިއަދުގެ ޙަޤީޤަތެވެ. ގޭންގްތަކާއި މާލޭގެ އެކި ސަރަޙައްދުތަކަށް ނިސްބަތްވާ ބައެއް ޒުވާނުންގެ ސަބަބުން ކުށްކުރާ މީހުންނަށް ހިމާޔަތާއި ރައްކާތެރިކަން ލިބިދެއެވެ. އަދި ކުށްތަކަށް އަރައިގަންނަ މުޖްރިމުންގެ ގޮތުގައި އާމީހުން ނެރުމުގައި އިޖްތިމާޢީ ގޮތުން މިއަދު ރާއްޖެގޮތް ހާލަތު ވަރަށްބޮޑު ދައުރެއް ކުޅެއެވެ. ސިޔާސީ ހަލަބޮލިކަމާއި ޤައުމީ ސަލާމަތީ ޚިދުމަތްތަކުގެ ޙުރުމަތް ގެއްލުވާލުމުގެ ނަތީޖާއެއްގޮތުން ކުށްކުރާ ފަރާތްތަކަށް މުޖްތަމަޢުން އެމީހުންގެ ޢަމަލުތަކަށް ހިތްވަރު ލިބިދެއެވެ.

އިޖްތިމާޢީ ފޭރާން ވީދި ބައިވުންތަކާއި ދެކޮޅުވެރިކަމުގެ ތެރޭގައި ނުވަތަ އިޖްތިމާޢީ މައްސަލަތަކުގެ ސަބަބުން ކުރަންހުރި ކަންތައްތަކަށްވެސްވަނީ ހިޔަނި އެޅިފައެވެ. ކުޑަކުދިން ކުށްކުރާ ވާހަކަ އާއި ކުށްތަކުގައި ކުޑަކުދިން އާދަޔާހިލާފަށް ބައިވެރިވާ ވާހަކައަކީ އާންމު ވާހަކައެކެވެ. ވައްކަން ކުރުމާއި މަސްތުވާތަކެތި ބޭނުންކުރުމާއި މާރާމާރީ ހިންގުމާއި ފޭރުމާއި ބަދުއަޚްލާޤީ ޢަމަލުތައް ހިންގުމާއި އަމަން ނަގާލުމަށް މަސައްކަތްކުރުންފަދަ ކަންތައްތަކުގައި އުމުރުން 18 އަހަރުނުވާ ކުޑަކުދިން ހިމެނެއެވެ.

ކޮންމެ އަހަރަކު ވެސް ގިނަ އަދަދެއްގެ ކުދިން ކުށްކޮށްގެން އެ ކުދިންގެ މައްސަލަތައް ކުޑަކުދިންނާ ބެހޭ ޔުނިޓަށް ހުށަހެޅެ އެވެ. އެ މައްސަލަތައް ފުލުހުން ތަހުގީގު ކުރައްވަ އެވެ. އެ އަށް ފަހު އެ މައްސަލަތައް ޝަރީއަތަށް ވެސް ހުށަހަޅަ އެވެ. ކުށް ސާބިތުވެގެން ކޮންމެ އަހަރަކު ވެސް އެތައް ކުއްޖެއްގެ މައްޗަށް ކުޑަކުދިންނާ ބެހޭ ކޯޓުން ހުކުމްކުރެއެވެ. ހަމައެއާ އެކު ޖެހިގެން އަންނަ އަހަރު ވެސް ހަމަ އެވަރަށް ކުދިންގެ މައްޗަށް ދައުވާ ކުރައްވަ އެވެ. ހުކުމް ވެސް އިއްވަވަ އެވެ. ކުޑަކުދިންނާ ބެހޭ ކޯޓުގެ ތަފާސް ހިސާބުތަކަށް ބަލާލުމުން އެކަން ސާފުވާނެއެވެ. އާބާދީ އިތުރުވާ ވަރަކަށް ކުށްކުރުމުގެ މާހައުލު އުފެދި، އެ މާހައުލުގައި ހިނގާ ނުރައްކާތެރި ކަންތައްތައް ވެސް އިތުރުވާނެ އެވެ.

މުޖްތަމަޢުގައި ހިންގާ ނުވަތަ ހިނގާ ކުށްތަކާ ދުރަށް ގެންދިއުމުގެ ވާހަކަ ދައްކާ އިރު އެންމެ ފުރަތަމަ ކުރަންޖެހިފައިވާ ކަމަކީ ސަބަބު ހޯދާ ދެނެގަތުމެވެ. އިޖުތިމާއީ ނަޒަރަކު ވިސްނާ އިރު، ކުށްކުރަން ހުޅުވިފައިވާ ގިނަ ފުރުސަތުތައް ފާހަގަކުރެވެއެވެ. އެ ގޮތުން އާންމު ޚިދުމަތްތަކުގެ ސަބަބުން ނިކުންނަ މައްސަލަ އާއި ގެދޮރުގެ މައްސަލަ އާއި ލިބޭ އެއްޗަކުން ދެކޮޅުނުޖެހުމުގެ މައްސަލަތައް ފާޙަގަ ކުރެވެއެވެ. ލިބޭ އެއްޗަކުން ދެކޮޅު ނުޖެހޭތީ ދެމަފިރިން ވަޒީފާ އަށް ދާންޖެހުމާއި، އެހާލަތުގައި ބޭރު މީހުންނާ ދަރިން ހަވާލުކުރަން މަޖްބޫރުވުމާއި ދަރިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންނަށް ހޭދަކުރެވޭ ވަގުތު މަދުކަން ފާހަގަވެއެވެ.

ކުޑަ ކޮޓަރިއެއްގައި ގިނަ ކުދިންތަކެއް ގޮވައިގެން އުޅެން ޖެހުމަކީވެސް އިޖްތިމާޢީ ބޮޑު މައްސަލައެކެވެ. ކުށްތަކަށް އަރައިގަތުމުގައި ވަކި ދާއިރާއެއް މިހާރު ހާއްސަވެފައެއް ނުވެއެވެ. ޒާތްޒާތުގެ ކުށްތައް ދިވެހި ވެއްޓަށް ތައާރަފްވަމުންދާއިރު ‘ކަމާއި ބެހޭ ފަރާތްތަކުން  އަދިވެސް މަސައްކަތްކުރަނީ އެކި ނަންމުގައި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގާށެވެ. އެކަމަކު އެކަމުން ނުކުތް ނަތީޖާއެއް ނެތެވެ. ކުށްކުރުމުގެ މައްސަލާގައި މުޅި ޤައުމު ހާސްކަމެއްގެ ތެރޭގައިވާ އިރު، ކަމާއިބެހޭ މުއައްސަސާތަކުގެ ޚަބަރު ހުސްވެފައި ވުމަކީ ހިތާމަހުރި ކަމެކެވެ. ހުރިހާ ބާރުތަކުގެ މަސްއޫލިއްޔަތު ރަނގަޅަށް އަދާނުކުރެވުމަކީ ހިތާމަ ހުރި ކަމެކެވެ. އެއް މުއައްސަސާއެއް އަނެއް މުއައްސަސާއެއްގެ ބޮލުގައި އިލްޒާމް އަޅުވަމުންދާއިރު ޑިމޮކްރަސީގެ ހަތަރު ވަނަ ބާރުވެސް ތިބީ ނިދާފައެވެ.

ކުށްކުރުން މަދުކުރުމުގައި މީޑިއާއިން މުހިންމު ރޯލެއް އަދާކުރެވިދާނެކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. ބައެއް ޤައުމުތަކުގައި ކުށްކުރުން ގިނަވުމުން މީޑީއާ މެދުވެރިކޮށް އެތަކެއް ކެމްޕޭންތައް ވަނީ ހިންގާފައެވެ. ތަފާތު ގޮތްތައް ބޭނުންކޮށްގެން ކުށްކުރާ މީހުން ހަމަޔަށް އެޅުވޭތޯ ވަނީ ބަލާފައެވެ. އެހެނަސް ރާއްޖޭން މިފެންނަނީ އެހެން މަންޒަރެކެވެ. ކުށްކުރާ މީހުންނަށް ‘ދެވަނަ ފުރުސަތު’ ދީގެން ނަމަވެސް މިބެލެނީ އިތުރު ބަޔަކު ހަލާކު ކުރެވޭތޯއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: