ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަހީދު، ނަޝީދަށް: މިޔަންމާގެ ބަޣާވާތާއި 7 ފެބްރުއަރީއާ އެއްފަދަ ކުރުމަކީ ދިވެހި ސިފައިންނަށް ގޯނާކުރުން!

ރައީސް ނަޝީދު އަދި ރައީސް ވަހީދު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މިޔަންމާގެ މަދަނީ ސަރުކާރު އެ ޤައުމުގެ އަސްކަރިއްޔާއިން މިއަދު އިންގިލާބު ކުރި ކުރުން، ފެބްރުއަރީ 7، 2012އާ އެއްވަރު ކުރުމަކީ ދިވެހި ސިފައިންނަށް ގޯނާ ކުރުން ކަމުގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

މިޔަމްމާގެ އަސްކަރިއްޔާއިން އެޤައުމުގެ ލީޑަރު އަން ސަން ސޫކީ ހައްޔަރު ކުރުމާއި ގުޅިގެން 7 ފެބުރުއަރީ 2012 ގެ ހަނދާން އާކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ބަރުމާގައި ހިނގަމުދަނީ ބަޣާވާތެއްކަމަށާއި އަދި އޭއީ އެމަނިކުފާނު ވެރިކަމުން ވައްޓާލުމަށް ރާއްޖޭގައިވެސް އޭރު ހިންގިފަދަ ބަޣާވާތެއްކަމަށެވެ.

ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވައި ޑރ.ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިޔަންމާގެ އަސްކަރީ އިންގިލާބާއި 7 ފެބްރުއަރީގެ ރިޔާސީ އިސްތިއުފާ އާއި އެއްވަރު ކުރުމަކީ ދިވެހި ލޮބުވެތި ސިފައިންނަށް ގޯނާކުރުން ކަމަށެވެ.

ހަތެއް ފެބްރުއަރީ 2012 ވަނަ ވެރިކަން ބަދަލުވެފައިވާ ގޮތާއި ގުޅޭގޮތުން އެކުލަވާލި ކޯނީ ރިޕޯޓުން ހާމަވެފައިވަނީ ވެރިކަމުން ރައީސް ނަޝީދު އިސްތިއުފާ ދެއްވާފައިވަނީ އެއްވެސް މަޖުބޫރުކަމެއްނެތި އަމިއްލަ އިހުތިޔާރުގައިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: