ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެކްސިނާ ގުޅޭ ދޮގު މައުލޫމާތު ފަތުރާނަމަ ފިޔަވަޅު އަޅަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް ވެކްސިނާއި ގުޅޭ މައުލޫމާތު ނުފެތުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

ބްރޯޑްކޮމް އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ކޮވިޑް-19 ވެކްސިން ޖަހަން ފެށުމާ ގުޅިގެން، މިކަމާ ގުޅޭ އެންމެހައި ކޮންޓެންޓް ގެނެސްދިނުމުގައި ޒިންމާދާރު ނޫސްވެރިކަން ކުރިއަށް ނެރުމަށް އިލްތިމާސްކުރާ ކަމަށެވެ.

އަދި ކޮވިޑް-19 ވެކްސިންއާ ގުޅޭ ގޮތުން މަޢުލޫމާތު ގެނެސްދިނުމާއި މަޢުލޫމާތު ފޯރުކޮށްދިނުމުގައި ބްރޯޑްކާސްޓަރުން ގެނެސްދޭ މަޢުލޫމާތަކީ ކަމާ ބެހޭ އިދާރާތަކުން މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމަށް ފަހު ގެނެސްދޭ މަޢުލޫމާތަކަށް ވުމާއި، މަޢުލޫމާތު ގެނެސްދިނުމުގައި ސިއްޙީ ދާއިރާގެ މާހިރުންނާއި ފަންނީ ބޭފުޅުންގެ ބައިވެރިވުމާއި ލަފާގެ މަތިން ގެނެސްދިނުމަށް ބްރޯޑްކޮމް އިން ވަނީ އެދިފައެވެ.

މީގެއިތުރުން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް ކޮވިޑް-19 ވެކްސިންއާ ގުޅޭ މަޢުލޫމާތު ނުފެތުރުމަށް ވެސް އެ ކޮމިޝަނުން ވަނީ އެދިފައެވެ.

“ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް (ސުލޫކީ މިންގަނޑު) އާ ޚިލާފަށް ކޮންޓެންޓް ގެނެސްދޭ ނަމަ ބްރޯޑްކާސްޓަރުންނާ މެދު ފިޔަވަޅު އަޅާނޭ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: