ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްކޫލާއި ބޯޑަރު ބަންދު ކުރުން ބުއްދިވެރިއެއް ނޫން، ޖަހަންވީ ވެކްސިން: ރައީސް ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ބޯޑަރު ބަންދު ކުރުމާއި ސްކޫލްތައް އަލުން ބަންދު ކުރުން މި ވަގުތު ބުއްދިވެރި ނޫން ކަމަށާއި ހުރިހާ ރައްޔިތުން ވެކްސިން ޖަަަަަަަހަންވީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއީ އެޗްޕީއޭއާއި ހެލްތު މިނިސްޓްރީއިން އިތުރު އިޖުރާއަތްތައް އުފައްދަންވީ ވަގުތެއް ނޫންކަމަށެެެެވެެ.

“އަނެއްކާ ބޯޑަރު ބަންދުކޮށް ސުކޫލްތައް ބަންދުކުރުމަކީ އެންމެ ބުއްދިވެރި ގޮތެއް ނޫން އަވަހައް ވެކްސިން ޖަހާ” ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައިވެއެވެ.

ހޮޕިޓަލުތަކުގައި ވެސް މިހާރު 184 މީހަކަށް ފަރުވާ ދެމުންދާއިރު، މި އަދަދު މައްޗަށް އަރައިގެންދާ ނަމަ، ރާއްޖޭގެ ސިއްހީ ނިޒާމަށް ލޮޅުން އަރައި، ނުރައްކާތެރި ހާލަތަކަށް ގޮސްދާނެ ކަމުގެ އިންޒާރު ސިއްހީ މާހިރުން ވަނީ ދޭން ފަށައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: