ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓަރު އިމްރާން ކޮވިޑް-19 ވެކްސިން ޖެއްސެވުމަށް ފަހު ދެއްވީ ނަސޭހަތެއް

ޝެއާރކޮށްލާ ކަހަލަދޯ؟

ބަލިތަކުން ރައްކާތެރިވާން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ އިސްލާމް ދީން އިރުޝާދު ދޭ ގޮތް ކަމަށް، ވެކްސިން ޖެއްސެވުމަށް ފަހު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މާލޭ ސިޓީގައި އިއްޔެ އޭޑީކޭގެ އާއި ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލުގައި ކުރިޔަށް ގެންދިޔަ އެވެ. ހދ. ކުޅުދުއްފުއްޓާއި އައްޑޫ ހިތަދޫގެ އިކްއެޓޯރިއަލް ހޮސްޕިޓަލްގައި ވެސް އިއްޔެ ވެކްސިން ޖަހަން ވަނީ ފަށާފަ އެވެ.

އިމްރާން މިއަދު ވެކްސިން ޖެއްސެވުމަށް ފަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބަލިތަކުން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަކީ އިސްލާމް ދީން އިރުޝާދުދޭ ގޮތް ކަމަށެވެ. އެއީ ތިމާ އާއި އާއިލާ އާއި މުޖުތަމައުގެ ސަލާމަތަށް ކުރަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ވެކްސިނާ ގުޅޭ ގޮތުން އެކި ގޮތް ގޮތަށް ސައްހަ ނޫން ވާހަކަތައް ފަތުރާތީ އެގޮތަށް އަމަލުކޮށް، ވެކްސިން ޖެހުން ސިޔާސީ ނުކުރުމަށް ސިއްހީ މާހިރުން ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ވަރަށް ގަދަ
71%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 14%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: