ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަސްރަތު ކުރެވޭނީ ލޮނުޒިޔާރަތް ޕާކުގައި އެކަނި

ލޮނުޒިޔާރަތް ޕާކު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އަނެއްކާވެސް ހަލުވިކަމާއެކުކޮވިޑް ފެތުރެމުން އަންނާތީ އެޅި ފިޔަވަޅުތަކުގެ ދަށުން ކަސްރަތު ކުރަން ނުކުމެވޭނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މިންގަނޑުތަކާ އެއްގޮތަށް ލޮނުޒިޔާރަތް ޕާކަށް އެކަނި ކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

މީގެ ކުރިން ސަރުކާރުން އެޅި ހާއްސަ ފިޔަވަޅުތަކުގެ ތެރޭގައި ޕާކްތަކާއި މައިޒާންތަކަށް މީހުން ޒިޔާރަތް ކުރުން ކުރިއަށް އޮތް ދެ ހަފްތާ އަށް ހުއްޓާލަން ވަނީ އަންގައިފައެވެ.

މާލެ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ވިދާޅުވީ މިއަދުން ފެށިގެން ޕާކްތަކާއި މައިޒާންތައް ބަންދުވާނެ ކަމަށެވެ.

އަދި ކަސްރަތު ކުރަން ނުކުންނަ ވަކިވަކި މީހުންނަށް ފަތިހު 5:30 އިން ހެނދުނު 7:30 އަށް އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް ލޮނުޒިޔާރަތް ޕާކްގައި ކަސްރަތު ކުރުމުގެ އިންތިޒާމު ހަމަޖެހިފައި އޮންނާނެ ކަމަށް ވެސް މާލެ ސިޓީ ކައުންސިލްގެ އިއުލާންގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 75%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: