ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝީޝާ ބޯ މީހުންނަން ފިޔަވަޅު އަޅަނީ

ރާއްޖޭގެ ކެފޭ، ރެސްޓޯރެންޓުތަކުގައި ތަކުގައި ޝީޝާ ބުއިމާއި ޝީޝާގެ ހިދުމަތް ދިނުން މަނާކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އާ ގުޅިގެން މ އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާ ކުރުމުގެ ގޮތުން ޝީޝާ ބޯ މީހުންނާއި މެދު ފިޔަވަޅު އެޅުމަށް ނިންމައިފިއެވެ.

ހެލްތު އެމެޖެންސީ އޮޕްރޭޝަން ސެންޓާ (އެޗްއީއޯސީ) އިން ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްޕީއޭގެ ޕަބްލިކް ހެލްތު އިންސްޕެކްޓޮރޭޓް ސެކްޝަންގެ ޑިރެކްޓަރު އަހްމަދު ނާސިރު ވިދާޅުވީ ޝީޝާއަކީ ކޮވިޑް-19އާއި ގުޅިގެން އެއްކޮށް މަނާކުރެވިފައިވާ ކަމެއް ކަމަށެވެ.

“ބަލިން ރައްކާތެރިވުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމަށް އެކުލަވާލެވިފައިވާ ގައިޑްލައިންގައިވާ ގޮތުން ޝީޝާ ބޭނުން ކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅިގެން ދާނ” ނާސިރު ވިދާޅުވިއެވެ.

މީގެ އިތުރުން ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ހާއްސަ ފިޔަވަޅުތަކަށް ބަދަލު ގެނައުމާ ގުޅިގެން ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5:00 އިން ރޭގަނޑު 10:30 އަށް ކަމަށްްްްްްވެސް ވަނީ ހަމަޖައްސާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: