ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ ބަޔާނުގެ ސަބަބުން ރާއްޖޭގެ ކުރިމަގަށް އޮތް ބިރުވެރިކަމާ ނުރައްކާތެރިކަން ހާމަވެއްޖެ: އަދުރޭ

ޕީއެންސީގެ ރައީސް އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) : ފޮޓޯ އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދެއްވި ރިޔާސީ ބަޔާނުގެ ސަބަބުން ރާއްޖޭގެ ކުރިމަގަށް އޮތް ބިރުވެރިކަމާ ނުރައްކާތެރިކަން ހާމަވެގެން ގޮސްފައިވާކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ރިޔާސީ ބަޔާނާއި ގުޅޭގޮތުން އަދުރޭ ވިދާޅުވީ މިބަޔާނުން ރައްޔިތުން ލިބިގެންދިޔައީ ނާއުންމީދާއި، ބިރުވެރިކަމުގެ ސިގުނަލް ކަމަށެވެ. އުންމީދީ އެއްވެސް ވާހަކައެއް އުންމީދީ ކަމެއްގެ ޔަގީންކަމެއް ނުދެވޭއިރު މިއަދުގެ ބަޔާނުގައިވެސް ދެއްކެވީ ހަމަ ނިމިދިޔަ ބަޔާނުގައިވެސް ދެއްކެވިފަދަ ވާހަކަތަކެއްކަމަށެވެ.

“ރައީސް ޞާލިޙުގެ ރިޔާސީ ބަޔާނަކީ ދޮގާ މަކަރާ ޙީލަތުގެ މައްޗަށް ބިނާކޮށްފައިވާ އެއްވެސް އުންމީދެއް ނެތް މާޔޫސީ ބަޔާނެއް. ރިޔާސީ ބަޔާނުގެ ސަބަބުން ރާއްޖޭގެ ކުރިމަގަށް އޮތް ބިރުވެރިކަމާ ނުރައްކާތެރިކަން ހާމަވެއްޖެ. ރައްޔިތުން މިކަމާ އެބަ ވިސްނާ.” އަދުރޭ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ރިޔާސީ ބަޔާނުގައި ވަނީ މިއަހަރަށް ކުރަން ރާވާފައިވާ މުހިންމު ކަންތައްތަކުގެ ވާހަކަ ހިއްސާ ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: