ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

4426 މީޑިއާނެޓުގެ މަލްޓި ސްކްރީނަށް!

4426 މީޑިއާނެޓުގެ މަލްޓި ސްކްރީނަށް!
ޝެއާރކޮށްލާ ކަހަލަދޯ؟

މަޝްހޫރު ފިލްމު ޕުރޮޑިއުސާރ އަދި ޑައިރެކްޓަރ ފާތިމަތު ނަހުލާގެ ކުރިސްޓަލް އެންޓަރޓެއިންމެންޓުން އުފެއްދި ބިރުވެރި ފިލްމު 4426 މީޑިއާނެޓުގެ މަލްޓި ސްކްރީނުން ވަރަށް އަވަހަށް ބަލާލެވޭނެކަމަށް މީޑިއާނެޓުން ބުނެފިއެވެ.

ނަހުލާ އާއި އަހުމަދު ޝިނާން ޑައިރެކްޓްކޮށްފައިވާ ބިރުވެރި ފިލްމް “4426” ޕްރިމިއާރ ކުރީ 2016 ގައެވެ.

ނަހުލާގެ ސްކްރީންޕްލޭއަކަށް ބޮޑު ކާސްޓަކާ އެކު ގެނެސް ދިން “4426” ވަނީ ވަރަށް ގިނަ ރަށްރަށާއި ރިސޯޓްތަކާއި އަވަށްޓެރި ސްރީ ލަންކާގައި ވެސް ދައްކައިފަ އެވެ.

މި ފިލްމުގެ ތަރިންގެ ތެރޭގައި ޔޫސުފް ޝަފީއު (ޔޫއްޕެ)، ޝީލާ ނަޖީބް، އިބްރާހީމް ޖިހާދު (ޖިމީ)، މަރިޔަމް އައްޒަ، ޖުމައްޔިލް ނިމާލް (ޖުމަލް)، މުހައްމަދު ފައިސަލް އަދި އިސްމާއީލް ޖުމައިހް (ޖުމާ) ހިމެނެ އެވެ.

މީޑިއާނެޓުން ބުނީ، ކުންފުނީގެ މަލްޓި ސްކްރީން އެޕް ސްޓޯރާއި، ގޫގުލް ޕްލޭ ސްޓޯރު މެދުވެރިކޮށް ޑައުންލޯޑު ކުރެވޭނެ ކަމަށެވެ.

މީޑިއާނެޓުގެ މަލްޓި ސްކްރީނުން، 4426 ގެ އިތުރުން އިތުރު ފިލްމުތަކާއި ސީރިޒްތައް އަދި ލައިވް ޗެނަލްތައް ބަލައިލެވޭނެ އެވެ. އޭގެ ތެރޭގައި މީޑިއާނެޓު އޮރިޖިނަލަސްގެ ދަށުން ގނެސްދޭ، ފުރަތަމަ ސިޓްކޮމް ރޫމީ އާއި ޖަންނަތު” ހިމެނެއެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: