ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދުން ފެށިގެން ހުރިހާ ރަށެއްގައި މާސްކް އެޅުން މަޖުބޫރުވާނެ

ކޮވިޑް19 އަށް ޓެސްޓްކުރުމުގެތެރެއިން... ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދުން ފެށިގެން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާސްކު އެޅުން މަޖުބޫރުކޮށްފިިިިިިއެވެ.

އެގޮތުން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް ދިރިއުޅޭ މީހުން ބޭރަށް ނުކުންނަ ނަމަ، މިއަދުން ފެށިގެން މާސްކު އެޅުން މަޖުބޫރުކޮށް އެޗްޕީއޭއިން ވަނީ އާ ގައިޑްލައިނެއް އެކުލަވާލައިފައެވެ.

މި ގައިޑްލައިންގައިވާ ގޮތުން މާސްކް ނާޅައި ބޭރަށް ނުކުންނަ ކޮންމެ މީހަކު ވެސް 1000ރ. އިން ޖޫރިމަނާ ކުރެވޭނެއެވެ.

ފުލުހުން ނޫޅޭ ރަށްރަށުގައި ޖޫރިމަނާ ކުރުމުގެ މަސައްކަތް ކުރާނީ އެ ރަށެއްގެ ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންނެވެ.

މި އެންގުމުން އިސްތިސްނާވާ ފަރާތްތަކެއް ވެސް ހިމެނެއެވެ. އެއީ އުމުރުން ދެ އަހަރުން ދަށުގެ ކުޑަކުދިންނާއި ކަސްރަތު ކުރަން އުޅޭ މީހުން ކަސްރަތުކުރާ ވަގުތުގައި އާއި، އެހެން މީހެއްގެ އެހީއާ ނުލައި މާސްކު އަޅައި، މާސްކު ނުނެގޭ މީހުންނާއި .ހޮޓާ، ކެފޭ، ރެސްޓޯރަންޓް، ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ހިދުމަތް ހޯދާ ފަރާތްތައް، ޚިދުމަތް ހޯދާ ވަގުތުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: