“ސަންގު ޓީވީ” އަށް ރައީސް ނަޝީދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މީގެ ކުރީގައި އެމްޑީޕީއާ އިދިކޮޅަށް ހަރަކާތްތައް ހިންގި ފަރާތްތަކެއް ކަމަށް ވިޔަސް މިއަދާއި މުސްތަގުބަލުގައި ސިޔާސީ ގޮތުންނާއި އިޖްތިމާއީ ގޮތުން މަސައްކަތް ކުރުން ހުއްޓުމަކަށް އޮތް ހުއްޖަތެއްގެ ގޮތުގައި ދެކެވަޑައިނުގަންނަވާ ކަމަށެވެ.

“އަޅުގަނޑު ސާފުކޮށް މި ދަންނަވާ ނުކުތާއަކީ އެ ދުވަހު މިއަދު އަޅުގަނޑުމެންގެ ސިޔާސީ ބައިވެރިން ކުރި ކަންކަމަކީ އަޅުގަނޑުމެންގެ ހިތުން ހަނދާން ނެތިގެން ދާނެ ކަންކަމެއް ނޫން،” ނަޝީދު ވިދާޅުވިއެވެ

ނަޝީދު އިތުރަށް ވިދާޅުވީ އެ ދުވަހު އެ ހިންގި އަމަލުތަކުގެ ސަބަބުން ގައުމަށް ކުރިމަތިވި “ކިލަނބުކަން” އަދިވެސް ފިލައިގެން ނުދާ ކަމަށެވެ

ފެބްރުއަރީ 7، 2012 ގައި ރައީސް ނަޝީދުގެ ވެރިކަން ބަދަލު ވެގެން ދިޔައީ އޭރު އިދިކޮޅު ފަރާތްތަކުން ކުރަމުން ދިޔަ މުޒާހަރާގައި ސިފައިންނާއި ފުލުހުންގެ ބަޔަކު ބައިވެރިވެ ހިނގައިދިޔަ ހަމަނުޖެހުންތަކަކަށް ފަހު ރައީސްގެ މަގާމުން ނަޝީދު އިސްތިއުފާ ދެއްވުމުންނެވެ.