ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ޒުވާނުން ބޭނުން ވަނީ ވަޒީފާ، ނާޗަރަންގީ ޖަގަހައެއް ނޫން”

ޑރ. ޝަހީމް ޢަލީ ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ނާޗަރަންގީ ކުޅޭނެ މަރުކަޒުތަކެއްގެ ބަދަލުގައި މިއަދުގެ ޒުވާނުން ބޭނުންވަނީ ރަނގަޅު ވަޒީފާއެއްކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އެއްވެސް ހާސްކަމެއް ނެތި މަޖާކޮށް، މިއުޒިކް އަޑު އަހާލެވޭނެ މާހައުލެއް މާލޭގައި ގާއިމްކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ވަނީ ގަރާރެއް ހުށަހަޅާފައެވެ. މިދިޔަ ދައުރުގައި މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ބިލަށް، މަޖިލީހުގައި ބަހުސް މަރުހަލާ ކުރިޔަށް ގެންދިޔައީ މިއަދު އެވެ.

ގަރާރާއި ގުޅޭގޮތުން ހިޔާލު ތަފާތުވުން އުފެދިފައިވާ ދަނޑިވަޅެއްގައި ޓްވީޓެއް ކުރައްވާ ޑރ. ޝަހީމް ވިދާޅުވީ ނާޗަރަންގީ ޖަގަހަތަކަށް ވުރެ ޒުވާނުންނަށް މިއަދު ބޭނުން ވަނީ އެކަށީގެންވާ ވަޒީފާގެ ފުރުސަތުތަކާއި ހިތް ފަސޭހަ ދިރިއުޅުމާއި ބޯ ހިޔާވަހިކަމެއް ކަމަށެވެ. އަދި އެ ޒުވާނުން ބޭނުންވަނީ ފަސޭހަ ދިރިއުޅުމަކަށް ހަރުދަނާ އާއިލާއެއް ބިނާކޮށް އަބުރުވެރި ދިރިއުޅުން ކަމަށެވެ. ޑރ. ޝަހީމް ވިދާޅުވީ ސިޔާސީ ލީޑަރުން އަމާޒު ހިފަންވީ، ޒުވާނުންގެ މުސްތަގުބަލު އުޖާލާކުރުމަށް ކަމަށެވެ.

ރާއްޖޭގައި މަތީ ތައުލީމު ހާސިލްކޮށް، ޑިގްރީއެއް ހަދާ ޒުވާނާއަށް ވެސް ވަޒީފާއެއް ނުލިބި ހާލުގައި އުޅެންޖެހިފައިވާކަން ފާހަގަކޮށް ޑރ. ޝަހީމް ވިދާޅުވީ އެތައް ޒުވާނުނެއް އާއިލާއަށް އެހީ ދޭން ބޭނުންވި ނަމަވެސް، މައިންބަފައިންނަށް އެހީތެރިވެވޭނެ ގޮތެއް ނެތި އެބަތިބި ކަމަށެވެ. އެހެން ކަމުން، ސަރުކާރުން މަސައްކަތް ކުރަންވީ އެފަދަ ޒުވާނުންގެ އަތުގައި ހިފައި، ރަނގަޅު ދިރިއުޅުމެއް ހޯދައިދިނުމަށް ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

“ނިކަން ބައްލަވާށެވެ. ޑިގްރީއާއި މަސްޓަރ ހަދާފަ ވަޒީފާ އެއް ނެތިގެން ޢާއިލާއާއި މައިންނަފައިންނަށް ދޭންޖެހޭ އެހީތެރިކަން ދެވެވޭނޭ ގޮތެއް ނުފެނި އެތައް ޒުވާނުން މަގުމަތިވެފައި އެބަތިބި. ވަޒީފާއަށްޓަކައި ސަލާން ޖަހަަންޖެހޭ ޙާލަތު ނެތިކޮށް ޒުވާނުންގެ އަތުގައި ހިފަންޖެހޭ.. އަޅުގަނޑު އެދެނީ ނާޗަރަންގީ ޖަގަހަ ތަކާއި ނައިޓް ކްލަބްތަކުގެ ޝިކާރަ އަކަށް ޒުވާނުން ވިޔަ ނުދީ ޤައުމުގެ މުސްތަޤުބަލަށްޓަކައި ޒުވާނުންގެ ޝަޚުޞިއްޔަތު ބިނާކުރުން. ސިޔާސީ ލީޑަރުންނަށް ޤައުމަށް ކޮށްދެވޭނެ އެންމެ އަގުހުރި ޚިދުމަތަކީ އެއީ” ޑރ. ޝަހީމް

މަޖިލީހުގައި މިއަދު ބަހުސް ކުރިޔަށް ދިޔަ އެ ގަރާރުގައި ބުނެފައިވަނީ، މާލެއަށް ދިމާވެފައިވާ ހުރިހާ މައްސަލަތަކަކަށް ސަރުކާރުން ހައްލު ހޯދައިދޭނެ ކަމަށެވެ. އަދި ގަރާރުގެ ބޭނުމަކީ ޒުވާނުންގެ މިޔުޒިކްގެ ފަންނު އިތުރަށް ތަރައްގީކުރުންކަމަށް ބުނެފައި ވެއެވެ.

ޒުވާނުންނަށް ރައްޓެހިންނާއި އެކުވެރިންނާއި ހީ ސަމާސާކޮށް މަޖާކޮށްލެވޭ ފަދަ މާހައުލެއްގައި މިއުޒިކް އަޑުއަހާލާ ވަގުތު ހޭދަކޮށްލެވޭނެ މަރުކަޒަކަށް އިންތިހާއަށް ބޭނުންވެފައިވާ ކަމަށް ގަރާރުގައި ވެއެވެ. އަދި ތަފާތު ވައްތަރުގެ މިއުޒިކާއި ލަވަ އަޑުއަހާލަން ޒުވާނުންނަށް އެއްވެ އުޅެވޭނެ ތަނެއް ވަރަށް މުހިންމުކަމަށް ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: