ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާއިން އުފެއްދި ދެވަނަ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް އާ ދެކޮޅަށް ޗައިނާއިން އުފެއްދި ދެވަނަ ވެކްސިން ބޭނުންކުރުމުގެ ހުއްދަ އެގައުމުގެ ބޭހާއި ވެކްސިން ކޮންޓްރޯލްކުރުމާބެހޭ އިދާރާއިން ދީފިއެވެ.

“ސިނަވޮކް ބައޮޓެކް” އިން ބުނީ އެކުންފުނިން އުފެއްދި ވެކްސިން “ކޮރޯނާވެކް” ކްލިނިކަލް ތަޖްރިބާގެ ތިންމަރުހަލާ ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައިވާތީ ޗައިނާގެ ބޭހާއި ވެކްސިން ކޮންޓްރޯލްކުރުމާބެހޭ އިދާރާއިން އެވެކްސިން އިމަޖެންސީ ހާލަތްތަކުގައި ބޭނުންކުރުމުގެ ހުއްދަ މިއަދު ދީފައިވާކަމުގައެވެ.

ޗައިނާއިން އެންމެ ފުރަތަމަ އުފައްދައި ބާޒާރަށް ނެރެފައިވަނީ “ސިނޮފާމް” ވެކްސިންއެވެ. އެވެކްސިންވަނީ ޗައިނާގައާއި ދުނިޔޭގެ އެކިގައުމުތަކުގައި ބޭނުންކުރަން ފަށާފައެވެ. “

ޗައިނާގެ އިތުރުން “ސިނޮފާމް” ވެކްސިން އެންމެ ގިނައިން ބޭނުންކުރަމުން ގެންދަނީ ގަލްފުގެ މުއްސަނދި ގައުމެއްކަމަށްވާ ޔުނައިޓެޑް އަރަބް އިމަރޭޓްސް (ޔޫއޭއީ) އާއި އިންޑޮނީޝިއާ ގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: