ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަލަސްތީން ހިމެނޭގޮތަށް 13 ގައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަނު ކުރަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ފަލަސްތީން ހިމެނޭހެން 13 ޤައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން ކަނޑައަޅުއްވާ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވި ނަންފުޅުތައް ދިރާސާކުރެއްވުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.

ނޮން-ރެޒިޑެންޓް ސަފީރުން ކަނޑައަޅުއްވާ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ސިޓީފުޅު މިއަދު ވަނީ މަޖިލީހުގެ ތަޅުމަށް އިއްވާފައެވެ. އެގޮތުން ނޮން-ރެޒިޑެންޓް ސަފީރުން ކަނޑައަޅުއްވާފައިވާ ގޮތަކީ:

  • ޖަރުމަންވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ލަޠީފް، ޔޫކްރެއިންއަށް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް
  • އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ.ޙުސައިން ނިޔާޒް، އަޒަރުބައިޖާންއަށް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް
  • ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޢުމަރު ޢަބްދުއްރައްޒާގް، އޮސްޓްރޭލިޔާ އާއި ސައުތު އެފްރިކާއަށް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް
  • ސައުދީ ޢަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ޚަލީލް، ފަލަސްޠީނަށް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް
  • ތައިލެންޑަށް ކަނޑައަޅުއްވާފައިވާ ސަފީރު މުޙައްމަދު ޖިނާޙް، ކެމްބޯޑިއާ، ވިއެޓްނާމް، ލާއޯސްއަށް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް
  • ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރްކަޒުތަކަށް، ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު، ޑރ.އާސިމް އަޙްމަދު، އިޓަލީވިލާތް، ތުރުކީވިލާތް، އޮސްޓްރިއާއަށް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް
  • ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އައިޝަތު ޝަބީނާ، މިސްރަށް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް
  • ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިބްރާހީމް ޝަހީބް، ނިއުޒިލޭންޑަށް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް

    ސަފީރުންނަށް ރުހުން ހޯއްދެވުމަށް، ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ވަނީ ދިރާސާކުރުމަށް ފޮނުއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: