ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަޔަރ އެންޑް ރެސްކިއުގެ ކޮމާންޑަރަކަށް ބްރިގޭޑިއަ ޖެނެރަލް މުޙައްމަދު ޝަރީފް

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް (އެފްއާރުއެސް)ގެ ކޮމަޑާންޓްގެ މަޤާމަށް ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ޝަރީފް އައްޔަން ކުރައްވައިފިއެވެ.

މިކަމަށްޓަކައި ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މުޙައްމަދު ޝަރީފަށް މަޤާމުގެ ލިޔުން ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ. މިރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފް ބައިވެރިވެލެއްވިއެވެ.

އެފްއާރުއެސްގެ ކޮމަޑާންޑަރުގެ މަޤާމަށް ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ޝަރީފް އައްޔަންކުރައްވާފައި ވަނީ ކުރިން އެ މަޤާމުގައި ހުންނެވި ކާނަލް މުޙައްމަދު މުޚްތާރު، “އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން”ގެ ކައުންޓަރ ޓެރަރިޒަމް ސެންޓަރުގައި މަސައްކަތްކުރެއްވުމަށް ސަޢުދީ އަރަބިއްޔާއަށް ފުރާވަޑައިގެންނެވުމާ ގުޅިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: